މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޤާނޫނީ ލަފާ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މި އިޢުލާންވަނީ 11 އޭޕްރިލް 2018 08:10 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

މިކޯޕަރޭޝަންގެ އެކިއެކި ކަންކަމުގައި ކޯޕަރޭޝަނަށް ޤާނޫނީ ލަފާ ދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ މި މަސައްކަތަށް ޝައުޤުވެރިވެލައްވާ އަދި މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި ޤާބިލްކަން ހުރި، ރާއްޖޭގައި ޚިދުމަތް ދޭ ލޯ ފާރމްތަކާއި އަމިއްލަ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގެ ތަފުޞީލް

ނަން:                 މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން

ބޭނުންވާ ޚިދުމަތް:        މި ކޯޕަރޭޝަންގެ އެކިއެކި ކަންކަމުގައި ޤާނޫނީ ލަފާދިނުމާއި އެކަމާ ގުޅޭ މަސައްކަތް ކުރުން،

                    ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި މި ކޯޕަރޭޝަނާ ދެމެދު ވެވޭ އެއްބަސްވުންތައް ތައްޔާރު ކުރުން،

                    ކޯޕަރޭޝަންގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި ދެފަރާތުން ވެވޭ އެއްބަސްވުން ތައްޔާރުކުރުން،

                    ކަސްޓަމަރުންނާ ޖެހޭ މައްސަލަތަކުގައި ކޯޕަރޭޝަނަށް ޤާނޫނީ ގޮތުން އެހީތެރިވެދިނުން.

                    ކޯޕަރޭޝަނާ ގުޅުންހުރި ލިޔެކިޔުންތައް ދިވެހި ބަހުން އިނގިރޭސި ބަހަށް އަދި އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރުން.

                    ކޯޕަރޭޝަންގެ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގައި ލޯޔަރެއްގެ ދައުރު އަދާކުރުން.

                    އަދި މި ނޫނަސް ކޯޕަރޭޝަނަށް ބޭނުންވާ ޙާލަތްތަކުގައި ޤާނޫނީ ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިވެދިނުން.

ބީލަމާ ބެހޭ މަޢުލޫމާތު ދިނުން

11 އެޕްރީލް 2018 ވާ ބުދަ ދުވަހުގެ މެންދުރު ދެގަޑި ސުންމިނެޓް (14:00) ގައި މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން، މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ބީލަން ކަރުދާސް ހުޅުވުން

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 19 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ދެގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޒިރުގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

މޫކައި ސުއިޓްސް، މ. ސަކައިމޫ، 2ވަނަ ފަންގިފިލާ، މާލެ 20222، ދިވެހިރާއްޖެ

ފޯނު ނަންބަރު:

3011000 960+

ފެކްސް:  

3011004 960+

އީ-މެއިލް:

[email protected]

މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މަޢުލޫމާތު ހޯއްދެވިދާނެއެވެ. 

04 އޭޕްރިލް 2018
ހޯދާ