ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެފޭ ކުއްޔަށް ދިނުން

ނަންބަރު: (IUL)239-IED/239/2018/6

އިޢުލާން

 

އަތޮޅު ކެފޭ ޢިމާރާތް ސިޓީލާ ނީލަމުގައި ކުއްޔަށް ދިނުމަށް ފަރާތެއް ހޯދުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

ވީމާ، ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން ސިޓީލާނީލަމުގެ އަގު ހުށަހަޅާފޯމް ހުށަހެޅުއްވުން އެދެމެވެ.

  1. ސިޓީލާ ނީލަން ފެށޭ އަގަކީ 5000.00 ( ފަސްހާސް ) ރުފިޔާއެވެ.
  2. އަގު ހުށަހެޅުމުގައި އެއިރެއްގައި އޮންނަ އެންމެ މަތީއަގަށް އިތުރުކުރެވޭނެ އެންމެ ދަށް ވެގެން ފަހަރަކު 500.00

 ( ފައްސަތޭކަ ) ރުފިޔާއެވެ.

  1. ފުރަތަމަ ދުވަހު ބިޑް ހުށަހަޅާއިރު ޑިޕޮސިޓްގެ ގޮތުގައި 5000.00 ( ފަސްހާސް ) ރުފިޔާ އަތޮޅު ކައުންސިލަށް ދައްކަން ވާނެއެވެ. ބީލަން ބަލައި ގަނެވޭނީ ފައިސާ ދެއްކި ރަސީދު ނަމްބަރު ސިޓީލާ ނީލަން އަގު ހުށަހަޅާފޯމްގައި ޖަހާފައިވާނަމައެވެ.
  2. އަގު ހުށަހެޅޭނީ ރަސްމީ ދުވަހުގެ ހެނދުނު 8:15 ން ފެށިގެން މެންދުރު 13:00 އާއި ދެމެދުގައެވެ. 13:00 ގެ ފަހުށް އަގުހަށަނޭޅޭނެއެވެ. ކޮންމެ ދުވަހަކުވެސް އޮންނަ އެންމެ މަތީއަގު އެދުވަހުގެ 13:30 ގައި އިދާރާގެ ރިސެޕްޝަން ސަރަޙައްދުގައި އިދާރާއަށް ވަނުމުން ޢާއްމުކޮށް ފެންނަ ގޮތަށް އިޢުލާން ކުރެވޭނެއެވެ. އަދި އަނެއްދުވަހުވެސް އެގަޑީގެ އިތުރު އަގު ލިބިއްޖެނަމަ އިޢުލާންކުރެވޭނެއެވެ. އިޢުލާންކުރާއިރު ހުށަހެޅި ގަޑި އެނގެން އޮންނާނެއެވެ. ކޮންމެ ދުވަހަކުވެސް އަގުތައް ލިބޭވަރަކުން އިޢުލާންކުރަމުން ގެންދެވޭނެއެވެ. އަދި މުއްދަތުން ބާކީ އޮތް ދުވަސްވެސް އިޢުލާނުކުރެވޭނެއެވެ.
  3. ބީލަމުގެ މުއްދަތަކީ އިޢުލާނުގައިވާ ތާރީޚުން ފެށިގެން 21 ( އެކާވީސް ) ދުވަހެވެ. 21 ވަނަ ދުވަހު ( އެންމެ ފަހު ދުވަހު ) އަގުހުށަހެޅޭނެ ސުންގަޑިއަކީ އެދުވަހުގެ 12:59 އެވެ. އެހެންކަމުން 13:00 ގައި ފުރުޞަތު ބަންދުވާނެއެވެ.
  4. އަގު ހުށަހަޅާނީ އެކަމަށް ތައްޔާރުކޮއްފައިވާ ފޯމުންނެވެ.
  5. އަގު ހުށަހަޅުއްވާ ކޮންމެ ފަރާތަކުންވެސް މަޢުލޫމާތު ކަރުދާހާއި އެއްބަސްވުން ލިބިގަންނަންޖެހޭނެއެވެ. މައުލޫމާތާއި އެއްބަސްވުން ލިބިވަޑައިގަންނަވާނީ އިދާރާގެ ރިސެޕްޝަނުން ރަސްމީ ގަޑީގައެވެ.   

އަދި ދަންނަވަމެވެ. ޖެހިޖެހިގެން 3 ދުވަހު ( 72 ގަޑިއިރު ) އެއް އަގެއް އޮވެއްޖެނަމަ އެފަރާތަކަށް ބީލަން ކާމިޔާބުވީއެވެ. އެހެންނަމަވެސް، މީރާއަށް އެއްވެސް ފައިސާއެއް ދައްކަން ވެފައިވާ ފަރާތަކަށް ބީލަން ކާމިޔާބި ވިއަސް ތަން ޙަވާލުކުރެވޭނީ މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އިދާރާއިން ލިބިދޭ ރަސްމީ 5 ( ފަހެއް ) ދުވަހުގެ މުއްދަތުގެތެރޭގައި ފައިސާ ދައްކާ ޚަލާޞްކުރުމުންނެވެ. އެ މުއްދަތުގައި ފައިސާ ނުދައްކާނަމަ ބީލަން ބާޠިލް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ މުޙައްމަދު ނިޒާމް ( ފޯނު 9931351) ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

               16 ރަޖަބް 1439 ހ

               2 އޭޕްރީލް  2018 މ

 

02 އޭޕްރިލް 2018
ހޯދާ