މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލައް 1.5 ޓަނު ނުވަތަ 2 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެއެވެ.

`

 މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

             އުނގޫފާރު، ދިވެހިރާއްޖެ                             ނަންބަރު: IUL)303-AS/2018/16)           

އިޢުލާން

 

މިކައުންސިލައް 1.5 ޓަނު  ނުވަތަ 2ޓަނުގެޕަވަގޭޓް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެއެވެ.

 

           މިކައުންސިލައް 1.5 ނުވަތަ 2 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެއެވެ.

           މިކައުންސިލައް 1.5 ނުވަތަ 2 ޓަނުގެ ޕަވަގޭޓް ޕިކަޕް ގެނެސް ދިނުމަށް ބޭނުންންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 25 މާރިޗް 2018 ވާ އާދިއްތަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. މެއިލް މެދު ވެރިކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ދެމެދުއެވެ. އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ މެއިލް [email protected] ޕިކަޕްގެ މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުން ރަޖިސްޓްރީ ކުރުމަށް ފަހު ޕިކަޕާއި ގުޅޭ މައުލޫމާތު ފޯރުކޮއްދެވޭނެއެވެ. މެއިލް މެދުވެރިކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ އެންމެފަހު ތާރީހަކީ 25 މާރިޗް 2018 ވާ އާދިއްތަ ދުވަހުގެ 10:30 އަށެވެ. ޕިކަޕް ގެނެސް ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 29 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. ޕިކަޕް ގެނެސް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލަށް ބޭނުންވާ 1.5 ނުވަތަ 2 ޓަނުގެ ޕަވަގޭޓް ޕިކަޕް ވިއްކުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ރައީސް އަބްދުންނާޞިރު ޢަލީގެ ނަމްބަރ 9755327 ގުޅުއްވުން އެދެމެވެ.

 ތިރީގައި އެވަނީ ޕިކަޕްގެނެސް ދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

ހުށަހަޅާ އަގަށް % 80

މާލީތަނަވަސް ކަމަށް

ވޮރެންޓީއަށް % 10

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           02  ރަޖަބް    1439     

           19 މާރިޗް    2018  

                                               އަބްދުންނާޞިރު ޢަލީ

                                               ކައުންސިލްގެ ރައީސް

19 މާރިޗު 2018
ހޯދާ