މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން ހެނބަދޫގައި ވޮލީކޯޓް އެޅުމާބެހޭ

                                  ނަންބަރ: IUL)285-A/285/2018/11)                       

އިޢުލާން

ސްޕޯރޓްސް އެރީނާ މަޝްރޫޢޫގެ ދަށުން ހެނބަދޫގައި ވޮލީކޯޓް އެޅުމާ ގުޅޭ

 

          ސަރުކާރުގެ ސްޕޯރޓްސް އެރީނާގެ މަޝްރޫޢުގެ ދަށުން މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވޮލީކޯޓްގެ އެޅުމުގެ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

          ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 28 މާރިޗް 2018 ވާ ބުދަދުވަހުގެ 11:00 ގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހު 11:00 ގައި މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ.

         ވީމާ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.

                            01 ރަޖަބް 1439

                            18 މާރިޗް 2018

                                             އާދަމް ސަމީރު                                                   ހެނބަދޫ ކައުންސިލްގެ ރައީސް         

 

18 މާރިޗު 2018
ހޯދާ