ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ޕާކް ހެދުން

އިއުލާން

 

ޕްރީސްކޫލް ޕާކް އެޅުމާއި ގުޅޭ

                  މިސްކޫލުގެ ފައުންޑޭޝަން ސްޓޭޖް ދަރިވަރުން ކުޅެން ޕާކެއް ހަދަން ބޭނުންވެއެވެ.

                  ވީމާ ސްކޫލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ

ފަރާތްތަކުން 7 މާރިޗް 2018 ވާ ބުދަދުވަހުގެ ހެނދުނު 10:30 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު

ކުރެއްވުމަށްފަހު 15 މާރިޗް 2018 ވާ ބްރާސްފަތި ދުވަހު ހެދުނު 11:00 އަށް  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  މައުލޫމާތު ސާފްކުރުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބް

ހުށަހެޅުއްވުމުގެ ފުރުސަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިކުރުމަށް ބަދަލުގައި މީހަކު

ފޮނުއްވާނަމަ އެކަން ސިޓީއަކުން ސްކޫލަށް އަންގަންވާނެއެވެ. މައުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބް ތަކާއި

ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބާތިލް ކުރެވޭނެކަމުގައި ދަންނަވަމެވެ. އަދި ކުންފުނިތަކާއި

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިގެން ހިންގާ ވިޔަފާރިތައް ނޫން

އަމިއްލަ ފަރުދުންނަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

25 ފެބުރުވަރީ 2018
ހޯދާ