ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކެފޭ ދެކުނުއޮތް ހުސްބިން ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

 

އަތޮޅުކެފޭ ދެކުނުއޮތް ހުސްބިން ކުއްޔަށް ދޫކުރުމާބެހޭ

 

       ކޮޅުމަޑުލު ވޭމަންޑޫއިން މިއިދާރާއަށް ލިބިފައިވާ ބިމެއްކަމުގައިވާ އަތޮޅުކެފޭ ގޯތީގައި ކެފޭގެ ދެކުނުން އަދި ޓްރެއިނިންގ ސެންޓަރުގެ

ހުޅަނގުން އޮތް ހުސްބިން ކުއްޔަށް ދިނުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ (IUL)239-AHR1/239/2018/1 (17 ޖަނަވަރީ 2018)

އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެބިން ކުއްޔަށް ދިނުމަށް އިޢުލާންކުރަމެވެ.

            ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ބިޑް

ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި ބިޑް ހުށަހެޅުމާއިބެހޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

 

ތާރީޚާއި ދުވަސް

ގަޑި

ތަން

މަޢުލޫމާތު ދިނުން

15 ފެބްރުއަރީ 2018ވާ ބުރާސްފަތި

10.00

ތ.އަތޮޅު ކައުންސިލް އިދާރާ

ބިޑް ހުށަހެޅުން

22 ފެބްރުއަރީ 2018ވާ ބުރާސްފަތި

10.00

ތ.އަތޮޅު ކައުންސިލް އިދާރާ

 

            ރަށުން ބޭރުގައި އުޅުއްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެ އަދި ބިޑް ހުށަހެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް

ހުށަހަޅުއްވާނީ [email protected] އަށެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެވޭނީ މަޢުލޫމާތު ދިނުމަށް ކަނޑައެޅިފައިވާ މުއްދަތު

ހަމަނުވަނީސް މިއިދާރާގެ ކަމާބެހޭ ނަމްބަރަށް ގުޅައި ނަންނޯޓްކުރާ ފަރާތްތަކަށެވެ. މިކަމާބެހޭގޮތުން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށް

ގުޅުއްވާނީ 9931351 ނަމްބަރަށެވެ.

            މުއްދަތުގައި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.         

                        08 ފެބްރުއަރީ  2018

                        22 ޖުމާދުލްއޫލާ 1439

 

 

                                   ރިޟްވާން ޢަބްދުﷲ

                                                    ކޮޅުމަޑުލު އަތޮޅުކައުންސިލްގެ ރައީސް

08 ފެބުރުވަރީ 2018
ހޯދާ