އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަގާމު:

އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މަގާމުގެ ރޭންކް:

ޖީ.އެސް.1

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

 ޕްރޮގްރާމްތައް ހިންގުމާ ބެހޭ ބައި

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ގްރޭޑް 10 ނިންމާ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން އަދި އެސް.އެސް.ސީ. އިމްތިހާނުގެ [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލު ކޮށްފައިވުމާއެކު، [އިނގިރޭސި] މި މާއްދާއިން [ސީ] ގްރޭޑް ލިބިފައިވުން.
  3. ބޭސިކް ކޮމްޕިއުޓިންގ ދަންނަ، ކީބޯޑަށް ފަރިތަ މީހެއް ކަމުގައި ވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮންމެ ދުވަހެއްގެވެސް ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް އެދުވަހުގެ ޔައުމިއްޔާ ލިޔުން.
  2. އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވޯކްޝޮޕް އަދި ކޮންފަރެންސްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  3. އޮފީހުން ބާއްވާ ޓްރޭނިންގތަކާއި، ވޯރކްޝޮޕް އަދި ސެމިނަރތަކަށް ވަޑައިންނަވަން ހަމަޖެހިފައިވާ ފަރާތްތަކަށް އަންގަންޖެހޭ މުއްދަތުގެ ތެރޭގައި އެންގުމުގައި އެހީތެރިވުން.
  4. އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވޯކްޝޮޕްތަކަށް ބޭނުންވާ ޕްރެޒެންޓޭޝަން އަދި ލީފްލެޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
  5. މަސައްކަތާއި ގުޅުންހުރި ދާއިރާތަކުގެ ކަމާބެހޭ ބޭފުޅުންނާ ގުޅޭނެ ލިސްޓަކާއި ނަންބަރުތައް ހޯދައި ބެލެހެއްޓުމުގައި އެހީތެރިވުން.
  6. މަސައްކަތާ ގުޅުންހުރި ދާއިރާއިން އަންނަ ފޯނުކޯލުތަކާއި އީމެއިލަށް ޖަވާބުދާރީވުމުގައި އެހީތެރިވުން.
  7. މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްތައް ސެކްޝަން އިސްވެރިއެއްގެ ލަފާގެ މަތިން ކުރުމުގައި އެހީތެރިވުން.
  8. މަޤާމުގެ ޙައިސިއްޔަތުން ސެކްޝަންގެ ވެރިޔާ އަންގާ އެހެނިހެން ކަންކަން ކުރުން.
  1. ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.

އުޖޫރަ އާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) 6،000.00 ރުފިޔާ.

-      ސަރވިސް އެލަވަންސް: (މަހަކު): 2،000.00 ރުފިޔާ

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މި މަގާމަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

-          ކޮމްޕިޔުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ހެދުމަށް އަހުލުވެރިވެފައިވާ މިންވަރު.

-          މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-          ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ނަތީޖާތައް

-          ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-          މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-          ކޮމްޕިޔުޓިންގއަށް އަހުލުވެރިވެފައިވާ މިންވަރު

-          ދަތުރު ފަތުރު ކުރެވޭނެ މީހަކު ކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

-          ވަޒީފާ އަދާކުރިގޮތުގެ ލިޔުން (އޮތްނަމަ)

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

04 ފެބުރުވަރީ 2018 ވާ އާދީއްތަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ގިނަ ވެގެން ދެހަފުތާއެއްގެ ތެރޭގައި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިޔަށް ގެންދެވޭނެއެވެ. ނުހޮވޭ މީހުނަށް އެކަން ފޯނުން ގުޅައި އެންގޭނެއެވެ.

 ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

12 ޖުމާދަލްއޫލާ 1439

29 ޖަނަވަރީ 2018
ހޯދާ