ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ.ތިލަފުށީގައި ބޯޓްޔާރޑެއް ހިންގުމަށް 60,000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުން

 

ރިކުއެސްޓް ފޯރ ޕްރޮޕޯސަލް

 

ނަމްބަރު: TCL/PROC-TA/2018/007

ކ.ތިލަފުށީގައި ބޯޓްޔާރޑެއް ހިންގުމަށް 60,000 (ފަސްދޮޅަސް ހާސް) އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައި ނުވާތީވެ އިޢުލާން ނަމްބަރު (TCL/PROC-TA/2018/005) ބާޠިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލައި ޕްރޮޕޯސަލް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

މަޢުލޫމާތު ބައްދަލުވުން އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

ބުދަ

24  ޖެނުއަރީ 2018

13:30 ގައި

ޕްރޮޕޯސަލް ހުށައެޅުން  އަދި ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

ބުދަ

31 ޖެނުއަރީ 2018

13:30 ގައި

 

 

ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދެއްވަންވީ ކަންކަން:  

 

  • ޕްރޮޕޯސަލް ހުށަހަޅާއިރު ސެކިއުރިޓީގެ ގޮތުގައި 25,000ރ. (ފަންސަވީސް ހާސް ރުފިޔާ)ގެ ބިޑު ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ.
  • ހުށަހަޅުއްވާ ބީލަމުގެ ބިޑް ވެލިޑިޓީގެ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަންވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

 

މި ބީލަމަށް ޕްރޮޕޯސަލް ހުށަހެޅޭނީ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

21 ޖަނަވަރީ 2018

04 ޖުމާދަލްއޫލާ 1439

 

Fen Building/ 4th floor                                                            ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                        އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                          ފޯން: 3307513،3307515 ފެކްސް: 3307514

 

21 ޖަނަވަރީ 2018
ހޯދާ