ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
2018 ވަނަ އަހަރު ގްރޭޑް 11 އަށް ކުދިން ވެއްދުމާބެހޭ

އިޢުލާން

 

 

2018 ވަނަ އަހަރު ޖަލާލުއްދީން ސްކޫލް ގްރޭޑް 11 އަށް ކުދިން ވެއްދުމާބެހޭ

 

މި އަހަރު މި ސްކޫލް ގްރޭޑް 11 އަށް ވަނުމަށް އެދޭ ތިރީގައިވާ މިންގަނޑަށް ފާސްވެފައިވާ ދަރިވަރުންނަށް 2018 ޖެނުއަރީ 21 ވާ އާދީއްތަ ދުވަހުން ފެށިގެން އެޕްލިކޭޝަން ފޯމް ދޫކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

Œ ސައިންސް ސްޓްރީމް

 

 

Û ކްރައިޓީރިއާ:

 

  • އެސް. އެސް. ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީ.ސީ.އީ. އޯލެވެލް / އައި.ޖީ.ސީ.އެސް.އީ  މާއްދާތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައެލޮޖީ މި 3 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެފައި  ވުމާއެކު ޖީ.ސީ.އީ. އޯލެވެލް / އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުން.

 

 ބިޒްނަސް ސްޓްރީމް

 

 

Û ކްރައިޓީރިއާ:

  • އެސް. އެސް. ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީ.ސީ.އީ. އޯލެވެލް / އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީޒް/ކޮމާރސް، އެކައުންޓް، އިކޮނޮމިކްސް،  މި 3 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެފައި ވުމާއެކު ޖީ.ސީ.އީ. އޯލެވެލް / އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން އިތުރު

1 މާއްދާއިން ފާސްވެފައިވުން.

 

Ž ބީޓެކް ސްޓްރީމް

 

 

Û ކްރައިޓީރިއާ:

1-    ބީޓެކް އޯލެވެލް އިން ދަށްވެގެން "ޕާސް" ލިބިފައިވުން. ނުވަތަ

2-    އެސް. އެސް. ސީ، ޖީ.ސީ.އީ. އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުތަކުން ކޮންމެވެސް 4 މާއްދާއަކުން  ފާސްވެފައިވުން. ނުވަތަ

3- ދަސްވާރުން ލެވެލް 3 ގެ ފާހެއް ލިބިފައިވުމާއެކު ޖީ.ސީ.އީ. އޯލެވެލް / އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން

1 މާއްދާއިން ފާސްވެފައިވުން.

 

Û ބީޓެކް އޭލެވެލްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ: ޓްރެވަލް އެންޑް ޓްއަރިޒަމް، ހޮސްޕިޓާލިޓީ، ބިޒްނަސް

މި ކޯސްތަކެވެ.

 

 

 

v     ފާސްވިކަމަށް ބެލެވޭނީ "A*, A, B, C" ލިބިގެންނެވެ.

 

× އިތުރު ޝަރުތުތައް:-

  • 2016 އޮކްޓޯބަރ / ނޮވެމްބަރ ގައި ނުވަތަ އޭގެފަހުން ޖީ.ސީ.އީ އޯލެވަލް އާއި އެސް.އެސް.ސީ އިމްތިޙާން ހަދާފައިވުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ ޤަވާއިދާ ޚިލާފުވެފައިވާ ނުވަތަ ޝަރުޢީ މައްސަލައެއްގައި ހުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުން.
    • 2018 މާރޗް 01 އަށް 19 އަހަރު ފުރިފައި ނުވުން.
    • ކައިވެންޏެއް ކޮށްފައި ނުވުން.

 

މި ސްކޫލް ގްރޭޑް 11 އަށް ވަނުމަށްއެދޭ  މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ދަރިވަރުންނަށް ފޯމް ދޫކުރުމާއި، ބަލައިގަތުން އޮންނާނީ 2018 ޖަނަވަރީ 21 ވާ އާދީއްތަ ދުވަހުން ފެށިގެން 2018 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 14:00 އަށެވެ. ފޯމް ނަންގަވަން ވަޑައިގަންނަވާއިރު ނަތީޖާ ސްލިޕް ގެންނަވަންވާނެއެވެ. ގްރޭޑް 11 ގެ ކިޔެވުންފަށަން ހަމަޖެހިފައިވަނީ 2018 ފެބުރުވަރީ 04 ވާ އާދީއްތަ ދުވަހުއެވެ.

  ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖަނަވަރީ 2018

18 ޖަނަވަރީ 2018
ހޯދާ