މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
މަސައްކަތު މީހަކު ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

 

މަޤާމް:                       މަސައްކަތު

މަޤާމްގެ ނަމްބަރ:                J-238069

ބޭނުންވާ އަދަދު:                 01 (އެކެއް)

މަޤާމުގެ ގިންތި:                 ދާއިމީ

މަޤާމުގެ ރޭންކް:                 އެސް، އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:           ސަޕޯޓް ސްޓަރފް ގްރޭޑް 1

ސެކްޝަން:                    އެޑްމިން

މަޤާމް އޮތް އޮފީސް:              މަކުނުދޫ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:         މަކުނުދޫ ސްކޫލް، ހދ މަކުނުދޫ

މުސާރަ:                      3100.00 ރުފިޔާ

ސަރވިސް އެލެވަންސް:             1000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:              

            1-            ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

            2-            ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

            3-            ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

         1-            ސްކޫލުގެ ގޯތިތެރެ ވިނަނޮޅައި ސާފުކުރުމާއި ޢިމާރާތްތައް ކުނިކަހައި ފޮޅާ ސާފުކުރުން.

        2-            މުވައްޒަފުންނާއި ދަރިވަރުން ބޭނުންކުރާ ފަރުނީޗަރުތައް ބޭނުންވާ ޢިމާރާތްތަކުގައި ބޭނުންވާ ޢަދަދަށް އަތުރާ، ތަރުތީބުކޮށް، ފޮޅާ ސާފުކުރުން.

        3-            ދަރިވަރުންނާއި މުވައްޒަފުންގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި ފާހާނާގައި ހުންނަން ޖެހޭ ތަކެތި ހަމަކުރުން.

        4-            ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި ބޯފެން ލިބޭނެ މަގު ފަހި ކުރުމަށްޓަކައި ދިޔަދޮވި ތަކާއި ފެންތާނގީތައް ސާފުކޮށް ބެލެހެއްޓުން.

        5-            ގޯތި ތެރޭގައި ޢާއްމުކޮށް ދަރިވަރުން ޙަރަކާތްތެރިވެ އުޅޭ ސަރަހައްދުތަކަށް ފެން ޖެހުން.

        6-            ބަގީޗާ ހައްދާ ބެލެހެއްޓުމާއި ސްކޫލުގެ ގޯތިތެރޭގައި ހުރި ގަސްތައް ރީތި ކުރުމަށް ކޮށަން ޖެހޭ ޙާލަތްތަކުގައި ކޮށުމާއި ގަސްތަކަށް ފެންދީ ބެލެހެއްޓުން.

        7-            ކޮންޕިޓަރާއި އެއަރ ކޮންޑިޝަނަރައާއޮ އަދި އެހެނިހެންވެސް މެޝިނަރީސްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން.

        8-            ސްކޫލުން ރާވާ ހިންގާ ހުރިހާ ޙަރަކާތްތަކެއްގައި ފުރިހަމައަށް ބައިވެރިވުން.

        9-            ސްކޫލުގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމުގައި އެހެން މުވައްޒަފުންނަށް އެއްބާރުލުން ދިނުން.

    10-            ސްކޫލުގެ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުން.

    11-            އެކި ފަރާތްތަކަށް މަދަރުސާއިން ފޮނުވަންޖެހޭ ތަކެތި އެފަރާތްތަކަށް ޙަވާލުކުރުން

 

މަޤާމުގެ ޝަރުޠުތައް:

1-      ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6-      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:      ވަޒީފާއަށް އެދޭ ފޯމު މަކުނުދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018ޖެނުއަރީ 14 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މަކުނުދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected]އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި ދުވަސް:

                           މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،   2018 ޖެނުއަރީ 15 އިން 17 އާއި ދެމެދު މަކުނުދޫ ސްކޫލް ގައެވެ.  މަކުނުދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:              މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް)  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ

ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ

ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ  25% (ފަންސަވީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:           މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520529 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ނޯޓު: އިންޓަވިއުއަށް ދުރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލުގެންނަވަން ވާނެއެވެ.

           17 ރަބީއުލް އާޚިރާ 1439

           04 ޖެނުއަރީ  2018 

04 ޖަނަވަރީ 2018
ހޯދާ