ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކުހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J288907

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް2

ސެކްޝަން:

ކޯޕަރޭޓް އެފެއާޒު/އެކައުންޓިން އެންޑް ބަޖެޓް

މަޤާމު އޮތް އޮފީސް:

ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް އިދާރާ / ފ.ދަރަނބޫދޫ

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އިތުރު އިނާޔަތްތައް:

01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ކޮންޓްރިބިއުޝަން.

03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ދަތުރު އެލަވަންސް.

މަޤާމުގެ ޝަރުތުތައް:

  1. މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  2. މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 02އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ
  3. މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝަލް މެނޭޖްމަންޓް   ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 06ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  4. މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތް

  1. ދަރަނބޫދޫ ކައުންސިލް އިދާރާއިއަށްބަލައިގަންނަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަނެ  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރަންޖެހޭ ފައިސާ މަހުންމަށް ޖަމާކޮށް، މާލޭގެ އެކި އިދާރާތަކަށް ފޮނުވަނަޖެހޭ ފައިސާ މަހުން މަހަށް ފޮނުވައި ހިސާބުތަކާއި ލިޔެކިއުންތައް ބެލެހެއްޓުން.
  2. ދަރަނބޫދޫ ކައުންސިލް އިދާރާއިން ރައްޔިތުން ކުރަމުންގެންދާ ވިޔަފާރީގެ ފައިސާ ފިޔަވައި މަހުންމަށް ލިބެންވާފައިސާގެ ތެރެއިން ނުލިބިހުރީ ކޮންކޮން ފައިސާއެއްތޯ ބަލައި ފައިސާ ހޯދުމަށް ކުރަންޖެހޭމަސައްކަތްތައް ކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް ޔުނިޓުގެ ވެރިޔާގެ ލަފާގެ މަތީން އެޅުމާއި، ފައިސާލިބޭ ކަންތައްތަކުގެ ރަޖިސްޓްރީފުރިހަމަކޮށް ބެލެހެއްޓުން.
  3. ލިބުނު ފައިސާއާއި، ޚަރަދުފައިސާއާ ގުޅޭގޮތުން ސަރުކާރުގެ އެކި އިދާރާތަކަށް ފޮނުވަންޖެހޭ ފައިސާގެ ހުރިހާ ރިޕޯޓްތަކެއް ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް އެރިޕޯޓެއް ފޮނުވަންޖެހޭ އިދާރާއަކަށް ފޮނުވުމާއި، ރިޕޯޓްތަކުގެ ކަންތައް ބެލެހެއްޓުން.
  4. ދަރަނބޫދޫ ކައުންސިލްގެ އިދާރާއަށް އެދުވަހަކު ބަލައިގަންނަ ފައިސާއާއި، ޚަރަދު ފައިސާގެ ހިސާބުތައް ޖެހިގެން އަންނަ ދުވަހު ދަރަނބޫދޫ ކައުންސިލް އިދާރާ ބަންދުވުމުގެ ކުރިން ސެކްޝަނުގެ ވެރިޔާގެ އަރިހަށް ނުވަތަ އެކަމަށް ހަމަޖައްސާ ވެރިއެއްގެ އަރިހަށް ގެންގޮސް ޗެކުކުރުމުގެ ކަންތައް ހަމަޖެއްސުން.
  5. އެކިފަރާތްތަކާ ޙަވާލުކުރުމަށް ސަރުކާރުގެ އެކި އިދާރާތަކުން ރަށު ކައުންސިލްގެ އިދާރާއަށް ފޮނުވާ ފައިސާ ލަސްނުކޮށް ނަގައި ފައިސާ ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކޮށް އެކަމާގުޅޭ ހިސާބުތަކާއި ލިޔެކިއުންތައް ބެލެހެއްޓުން.
  6. ރަށުކައުންސިލާއި، ރަށުކައުންސިލުއިދާރާގެ ބެލުމުގެ ދަށުގައިވާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް  ޤަވާޢިދުން ދޫކޮށް ހިސާބުތައް ބެލެހެއްޓުން.
  7. އެކިއެކި މަޝްރޫޢުތަކާއި، މަސައްކަތަކަށް ފަންޑް ހޯދުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން.
  8. އިކޮނޮމިކް އޮފިސަރު ނެތް ހާލަތެއްގައި އެ މަޤާމުގެ ވަޒީފާ ބަޔާނުގައިވާ މަސައްކަތް ވަގުތީގޮތުން ކުރެއްވުން.
  9. ހަމަޖެހިފައިވާ އުޞޫލުން އޮފީސްހުޅުވާ ލެއްޕުން.
  10. ކައުންސިލު އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި،ކައުންސިލު އިދާރާގެ މަސައްކަތު ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

01. ތަޢުލީމާއި ތަމްރީނު.

02. މަސައްކަތުގެ ތަޖްރިބާ.

03. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް.

04. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީލުދޭ މަރުކަޒަކުން ހިންގާ ރާއްޖޭންބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަބާފައިވާ ސެތްފިކެޓްތަކާއި، ރާއްޖޭންބޭރުގެ މަތީ ތަޢުލީމުދޭ ނުވަތަ ކޯސް ފުރުހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓުގެ ވަކިފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

ނ. ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލްސަރވިސްގެ ވަޒީފާއަށްވަނުމަށްދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ހ. ސިވިލްސަރވިސްއިން ބޭރުގެ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ށ. އަމިއްލަ ކުންފުންޏެއްގެ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި  ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލުގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ([email protected]) ވެބުސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ޑިސެމްބަރ31ވާ އާދީއްތަ ދުވަހުގެ 12.00ގެ ކުރިން، ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެއިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، ([email protected]) އެވެ. އެޕްލިކޭޝަން ފޯމާއެކުހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2018ޖަނަވަރީ02އާއި 03އާ ދެމެދު،ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

ޖުމުލަ އިންސައްތަ %30

         މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް  ސާފުކުރައްވަން ބޭނުން ފުޅުވާނަމަ މިއިދާރާގެ ނަމްބަރ: 6740015 ފޯނަށް ގުޅުއްވުން އެދެމެވެ.އީމެއިލް އެޑްރެހަކީ [email protected]އެވެ.

30ރަބީއުލްއައްވަލު 1439

18ޑިސެމްބަރ2017

18 ޑިސެންބަރު 2017
ހޯދާ