އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ މުއައްޒަފުން ތިބޭނެ ގެއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން (3)

                             މި ކައުންސިލްގެ މުއައްޒަފުންގެ ގޮތުގައިތިބޭ، ބިދޭސީ މުއައްޒަފުން ބެއިތިއްބުމަށް ޚާއްޞަކޮށްގެން ދިރިއުޅޭނެ ގެއެއްހެދުމާއި، މިއިދާރާގެ ޕިކަޕްވައްދާނެ ގަރާޖެއް ހެދުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 13

 ނޮވެމްބަރ 2017ގައިކުރި މިއިދާރައިގެ ނަމްބަރު: 352-B/2017/40  އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކޮށް އަންދާޒާ ހިސާބު ހުށައެޅުއްވީ އެންމެ ދެފަރާތުންނެވެ. އެހެންކަމުން އެ އަންދާސީ ހިސާބުތައް ބާތިލްކޮށް އަލުން 3 ވަނަ ފަހަރު އިޢްލާނު ކުރަމެވެ.

އެހެންކަމުން ކުރިން މިދެންނެވި ގެ ނުވަތަ އެކޮމޮޑޭޝަން ބްލޮކާއި ޕިކަޕްގަރާޖް ހަދަން ހަމަޖެހިފައިވާ، މިހާރު ދިރާގުން ދޫކޮށް ވަކިކުރެވިފައިވާ ބިމުގައިހުރި، އެތަނުގެ ކުރީގެ އިންޖީނުގެ ޢިމާރާތް، އާބާތުރަފިލުވައިގެން އެ ޢިމާރާތުގެ މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އެޢިމާރާތް ބައްލަވާލެއްވުމަށް  10 ޑިސެމްބަރ 2017 ވާ އާދީއްތަ  ދުވަހުގެ 13:30 ށް، މިކައުންސިލްއަށް ވަޑައިގެން ދެއްވުންއެދެމެވެ.  އަދި އެގަޑީގައި، މަސައްކަތާއި ގުޅޭ، މަޢުލޫމާތު ކަރުދާހެއް ލިބޭނެއެވެ.

ވީމާ، މަޢުލޫމާތު ސާފުކުރައްވައި، އެ ޢިމާރާތް ބައްލަވައިލެއްވުމަށްފަހު، މަޢުލޫމާތު ކަރުދާހުގެ މައްޗަށް، އަންދާސީ ހިސާބު ތައްޔާރުކުރައްވައި 12 ޑިސެމްބަރ 2017 ވާ (މިހަފްތާގެ) އަންގާރަ ދުވަހުގެ 13:30 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުންއެދެމެވެ.  އަންދާސީ ހިސާބު ބަލައިގަންނާނީ އެގަޑީގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ، މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

05 ޑިސެންބަރު 2017
ހޯދާ