އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ތިމާވެށްޓާއި ދިރޭ ތަކެތީގެ ނަސްލުތަކަށް ނޭދެވޭ އަސަރު ކުރާ ކަހަލަ ތަފާތު ޙަރަކާތްތައް ގިނަވަމުންދާކަމަށް

މިހާރަކަށް އައިސް ހިންގޭ ބައެއް ޙަރަކާތްތަކުގައި ތިމާވެށްޓާއި ދިރޭ ތަކެތީގެ ނަސްލުތަކަށް ނޭދެވޭ އަސަރު ކުރާ ކަހަލަ ތަފާތު ޙަރަކާތްތައް ގިނަވަމުންދާކަން ފާހަގަކުރެވެއެވެ.

މިގޮތުން، ނެތިފަނާވެދާނެ ކަމުގެ ބިރުހީވެގެން ޙިމާޔަތްކޮށްފައިވާ ދިރޭ ތަކެތި އެކިއެކި ޙަރަކާތްތަކުގައި ބޭނުން ކުރުމާއި، ފަރުފަރަށް ދަގަނޑު/ ހޮޅި ފަދަ ތަކެތި ޖަހައިގެން އެއަށް ދިދަ ނަގައި ހެދުމާއި، ގަސްގަހާ ގެއްސަށް އެކިއެކި ގެއްލުން ދިނުމާއި، ކުލައާއި ދަވާދު ސުޕްރޭ ކުރުމާއި، ތަފާތު އެއްވުންތައް އެއްވާ ތަންތާނގައި ކުނިބުނި ޖަމާވެފައި ހުރުން ފަދަ ކަންކަން ވަނީ ފާހަގަ ކުރެވިފައެވެ.

ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމަކީ ޤާނޫނުއަސާސީގެ 22 ވަނަ މާއްދާއާއި 67 ވަނަ މާއްދާގެ (ހ) އިން ދިވެހިރާއްޖޭގެ ތިމާވެށްޓަށާއި ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ ރީތިކަމަށާއި، ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއެކު، ތިމާވެށި ނުސާފުވާ ފަދަ ޢަމަލުތަކާއި ޤުދުރަތީ ވެށި ހަލާކުވެގެންދާ ފަދަ ޢަމަލުތަކުން ދުރުހެލިވުން، ދިވެހި ދައުލަތަށާއި އެންމެހައި ރައްޔިތުންގެ މައްޗަށް ލާޒިމުކުރާ ކަމެއްކަމަށްވާތީ، ތިމާވެށްޓަށް ގެއްލުންވާފަދަ ކަންކަން ނުކުރުމަށް ޢާންމުކޮށް އަންގައި ނަސޭހަތްތެރިވަމެވެ.

01 މުޙައްރަމް 1435

06 ނޮވެންބަރު 2013
ހޯދާ