އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުން ތިބޭނެ ގެއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

      މިކައުންސިލްގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަންގައި މަސައްކަތްކުރާ، ބިދޭސީ މުއައްޒަފުން ބެއިތިއްބުމަށް ޚާއްޞަކޮށްގެން ދިރިއުޅޭނެ ގެއެއްހެދުމާއި، މިއިދާރާގެ ޕިކަޕްވައްދާނެ ގަރާޖެއް ހެދުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      މިދެންނެވި ގެ ނުވަތަ އެކޮމޮޑޭޝަން ބްލޮކާއި ޕިކަޕްގަރާޖް ހަދަން ހަމަޖެހިފައިވަނީ، މިހާރު ދިރާގުން ދޫކޮށް ވަކިކުރެވިފައިވާ ބިމުގައިހުރި، އެތަނުގެ ކުރީގެ އިންޖީނުގެ ޢިމާރާތް، އާބާތުރަފިލުވައިގެން އެ ޢިމާރާތުގައެވެ.

      މަޢުލޫމާތު ސާފުކުރެއްވުމަށާއި އެޢިމާރާތްބަލައި ހެދުމަށް، 06 ނޮވެމްބަރ 2017 ވާ (އަންނަ) ހޯމަ ދުވަހުގެ 13:30 ށް، އެޢިމާރާތް ހުރި މިދެންނެވި ތަނަށް ދުރުވުން އެދެމެވެ. އަދި އެގަޑީގައި، މަސައްކަތާއި ގުޅޭ، މަޢުލޫމާތު ކަރުދާހެއް ލިބޭނެއެވެ.

      ވީމާ، މަޢުލޫމާތު ސާފުކުރައްވައި، އެ ޢިމާރާތް ބަލައިހެއްދެވުމަށްފަހު، މަޢުލޫމާތު ކަރުދާހުގެ މައްޗަށް، އަންދާސީ ހިސާބު ތައްޔާރުކުރައްވައި 09 ނޮވެމްބަރ 2017 ވާ (އަންނަހަފްތާގެ) ބުރާސްފަތިދުވަހުގެ 13:30 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަންނާނީ އެގަޑީގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ،މަޢުލޫމާތު ސާފުކުރައްވައި ތަންބައްލަވަން ދުރުވާ ފަރާތްތަކަށެވެ.

02 ނޮވެންބަރު 2017
ހޯދާ