މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން

ކ. ގާފަރު "ތަނޑިރަތްމާގެ" ކިޔާ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން ހުށަހެޅުން.

ކ. ގާފަރު "ތަނޑިރަތްމާގެ" އަލްފާޟިލް ޢުމަރު ޙުސައިންގެ ނަމުގައި މާލެއަތޮޅު އަތޮޅުއޮފީހުން ހައްދަވައިދެއްވާފައިވާ "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ" ގެއްލިގެން 27 އޮކްޓޫބަރު 2013 ގައި މިއިދާރާއަށް ހުށަހަޅާފައިވެއެވެ.

ވީމާ، މިދެންނެވި "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ" އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި މިއިދާރާއަށް އެކަން އަންގަވައިދެއްވުން އެދި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.            

25 ޛުލްޙިއްޖާ  1434

30 އޮކްޓޫބަރު 2013
ހޯދާ