ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވުމެންސް ފުޓްބޯޅަ ލީގް 2017

                               

ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް

މާލެ

ދިވެހިރާއްޖެ

                                                              ނަންބަރު:FAM/IUL/2017/026

 

 

އިއުލާން

              21 ނޮވެމްބަރ 2017 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ " ވުމަންސް ފުޓްބޯޅަ ލީގް 2017 " 01 ޑިސެމްބަރ 2017 ވަނަ ދުވަހު ފަށާގޮތަށް ވަނީ ލަސްކުރެވިފައެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު އަދި އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކާއި ކުލަބްތަކާއި އަދި ސްކޫލްތަކުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށް ފަހު، 12 ނޮވެމްބަރ 2017 ދުވަހުގެ 14:30 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަދި ޓީމް ލިސްޓް ފޯމް 23 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 14:30 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

              މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް، އަދި މުބާރާތުގެ ގަވާއިދު ރަސްމީ ބަންދު ދުވަސްތަށް ފިޔަވައި ކޮންމެ ދުވަހެއްގެ، ހެންދުނު 09:30 އާ މެންދުރުފަހު 15:30 އާ ދެމެދު މިއެސޯސިއޭޝަންގެ ކައުންޓަރުން ލިބެންހުންނާނެއެވެ.  

               

 

                              30 އޮކްޓޯބަރ 2017      

30 އޮކްޓޫބަރު 2017
ހޯދާ