އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ކަލަންޑަރު ޗާޕުކުރަން ބޭނުންވެއްޖެ

މިއޮފީހުގެ ނަންބަރު (IUL)460-PR/460/2017/15  (17 އޮކްޓޫބަރު 2017) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގުތައް އެކަށީގެންވާ ކަމަށް ނުފެންނާތީ މިއޮފީހުގެ 2018 ވަނަ އަހަރުގެ ކަލަންޑަރު ޗާޕު ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 އޮކްޓޫބަރު 29 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުން:

 2017 ނޮވެންބަރު 01 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ގ.ބިއްލޫރިޖެހިގެ
     މަޖީދީމަގު
      ފޯން:  3010990
      ފެކްސް: 3010959

05  ޞަފަރު 1439

25 އޮކްޓޫބަރު 2017
ހޯދާ