މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

 

އިޢުލާން

ތިރީގައި މިދަންނަވާ މަގާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ ޢަދަދު

01

ބާވަތް

ވަގުތީ ( ވޭޖް އެންޕްލޯއިމަންޓް އުސޫލުން 03 މަސްދުވަހަށް. ދުވާލަކު 05 ގަޑިއިރު މަސައްކަތްކުރާގޮތަށް )

ރޭންކު

އެސް. އެސް 01

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ

ގަޑިއަކަށް 40.00 ރުފިޔާ

އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ސެކްޝަން

އިމާމުންގެ ޔުނިޓް  ( މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް )

ވަޒީފާ އަދާކުރަންޖެހޭތަން

ހިތާދޫ މިސްކިތްތައް

މަޤާމުގެ މަސްއޫލިއްޔަތު

  1. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި އިމާމު/ މުދިމު އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
  2.  ކައުންސިލް އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެ މަތިން މިސްކިތްފޮޅާސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތައް ކުނިކެހުމާއި ވިނަނޮޅުމާއި ކުނިއުކާލުމުގެ މަސައްކަތްކުރުން.
  3. މިސްކިތުގެ ވަޅު ދިޔަހިއްކާ ސާފުކުރުން.
  4. އިމާމު/ މުދިމު އަންގާގޮތެއްގެ މަތިން ކޮންމެދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާ ސާފުކުރުން. އަދި ހޮޅިބުރިތަކާއި ފަންކާތައް ކައުންސިލުން ހަމަޖައްސާ އުސޫލަކުން ޖެއްސުމާއި ނިއްވުން.
  5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު / މުދިމު އަށާއި ކައުންސިލް އިދާރާއަށް އަންގަމުން ގެންދިއުން.
  6. ކައުންސިލް އިދާރާ އާއި އިމާމު / މުދިމު ހަމަޖައްސާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން
  7. މީގެ އިތުރުންވެސް މިސްކިތާއި ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން. 

   

މަޤާމުގެ ޝަރުތު

1-      ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1.  ވަޒީފާގެ ޝަރުތު- ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުތު ފުރިހަމަވުން. (ވަޒީފާގެ ޝަރުތު   ފުރިހަމަ ނުވާނަމަ ޑިސްކޮލިފައިވާނެ )        

2.  ތަޢުލީމާއި ތަމްރީން- ލިބިފައިވާ ތަޢުލީމް އަދި ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ     ތަމްރީނުތައް.                                                 

3.  ތަޖްރިބާ-   ވަޒީފާއާ ގުޅުންހުރި ތަޖްރިބާ އަދި އެހެނިހެން ތަޖްރިބާ

4.  ލިބިފައިވާ ހުނަރު –   އިންޓަރވިއު

 

އިންޓަވިއު ކުރުން

         އިންޓަވިއު އޮންނާނެ ތާރީޚާއި، ތަން އަދި ގަޑި އިންޓަވިއު ބާއްވާ ދުވަހުގެ 01 ދުވަސްކުރިން ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް މިއިދާރާއިން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-          މިމަޤާމަށް ކުރިމަތި ލައްވަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތަކާއެކު 02 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

-          ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv  އިން ލިބެން ހުންނާނެއެވެ.)

-          ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ އާއި  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

-          ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، ( ސީވީ) ސިވިލްސަރވިސް މުވައްޒަފުންގެ ވަނަވަރު ނަމޫނާއާއި އެއްގޮތަށް.

 

          މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރ  6600007 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected]   އަށެވެ.

 

24 އޮކްޓޫބަރ 2017

24 އޮކްޓޫބަރު 2017
ހޯދާ