ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.ހެނބަދޫ ސިއްހީމަރުކަޒަށް ރިސެޕްޝަނިސްޓްވަޒީފާއަށް މުވައްޒަފަކު ހޯދުން

މި އިޢުލާންވަނީ 14 ސެޕްޓެންބަރު 2017 13:41 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :ރިސެޕްޝަނިސްޓް ހެނބަދޫ ސިއްހީމަރުކަޒު
ބޭނުންވާ އަދަދު :1

މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ނ. ހެނބަދޫޞިއްޙީމަރުކަޒްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަޤާމު

ރިސެޕްޝަނިސްޓް

މަޤާމުގެ ނަންބަރު

J-252483

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލިސިފިކޭޝަން

އޮފިސަރ ގްރޭޑް1

ޑިވިޜަން/ސެކްޝަން

އެޑްމިނިސްޓްރޭޓިވް ޔުނިޓް

މަޤާމްއޮތް އޮފީސް

ނ. ހެނބަދޫޞިއްޙީމަރުކަޒު

ވަޒީފާއަދާކުރަންޖެހޭތަން

ނ. ހެނބަދޫޞިއްޙީމަރުކަޒު

މުސާރަ

-/4465 ރުފިޔާ

ސާރވިސްއެލަވަންސް

-/1500 ރުފިޔާ

އިތުރު  އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތީން މަސައްކަތު ނުކުންނަކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

  1. ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓްރީ ކުރުން.
  2. ޑޮކްޓަރަށް ދެއްކުމަށް ޞިއްޙީމަރުކަޒަށް އަންނަ ބަލިމީހުންނަށް ޤަވާއިދުން ނަންބަރު ދޫކުރުން
  3. ބަލިމީހާގެ ފަރާތުން ޞިއްޙީމަރުކަޒުގެ އޮފީހުން ބޭނުންވާ މަޢުލޫމާތާއި، ރިޕޯޓުތައް ބެލެހެއްޓުން
  4. ތަރުޖަމާކުރަން ޖެހޭ ޙާލަތްތަކުގައި ތަރުޖަމާކުރުން
  5. ޞިއްޙީމަރުކަޒަށް އަންނަ މީހުންނަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށް ދިނުން
  6. މަންތްލީ އޭއެންސީ ރިޕޯޓް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ޕަބްލިކް ހެލްތް ޔުނިޓަށް ފޮނުވައިދިނުން
  7. ޑެއިލީ ސަވައިލަންސް ރިޕޯޓްގައި ކޮމިއުނިކަބްލް ޑިސީސް ނޯޓިފައިން ކޭސްއެއްވާނަމަ އެކަން ޕަބްލިކް ހެލްތްގެ މުވައްޒަފުންނަށް އެންގުން.
  8. ޑޮކްޓަރަށް ދެއްކުމަށާއި އެހެނިހެން ކަންކަމަށް ނަގަންޖެހޭ ފައިސާ ނެގުމާއި، އާސަންދައިގެ ޕޭޝެންޓެއްނަމަ، ޓްރާންސެކްޝަން ހެދުން.
  9. އާސަންދައިގެ ބިލްތައް ތައްޔާރު ކުރުން.
  10. ޕޭޝަންޓެއް ރިފަރ ކުރާނަމަ އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  11. މީގެއިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

މަޤާމްގެ ޝަރުޠުތައް

 

  1. 1.     ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމެންޓް، މާކެޓިންގ މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމެންޓް، މާކެޓިންގ މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށްއެދެންވީގޮތާއި،ސުންގަޑި

ވަޒީފާއަށް އެދޭފޯމް ހެނބަދޫޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ. މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 26 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން ނ. ހެނބަދޫޞިއްޙީމަރުކަޒަށެވެ. އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަންބާތިލްވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަވިއުއޮންނާނީ 01 އޮކްޓޯބަރ 2017 އާއި 05 އޮކްޓޯބަރ 2017 އާދެމެދު ނ. ހެނބަދޫޞިއްޙީމަރުކަޒުގައެވެ. މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އެތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކަށް އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ

%30

އިތުރުމަޢުލޫމާތު

މިއިޢުލާނާއި ގުޅިގެންމަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560610 ނުވަތަ 6560037 ނަންބަރު ފޯނާއެވެ. 

14 ސެޕްޓެންބަރު 2017
ހޯދާ