މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުގެ ގއ.ވިލިގިލީ ކެމްޕަސްގައި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކުގެ ގއ.ވިލިގިލީ ކެމްޕަހުގައި ސެކިއުރިޓީ ބެލެހެއްޓުމުގެ  މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ

 

            މޯލްޑިވްސް ޕޮލިޓެކްނިކްގެ ގއ.ވިލިގިލީ ކެމްޕަހުގައި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

 

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ދުވަސް ތަކުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

27 އޯގަސްޓް 2017

އާދީއްތަ

މެންދުރު ފަހު 13:00

އަންދާސީ ހިސާބު ހުށަހެޅުން

5 ސެޕްޓެމްބަރ 2017

އަންގާރަ

މެންދުރު ފަހު 13:00

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

22 އޮގަސްޓް 2017
ހޯދާ