ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަން 2017

ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް

މާލެ

ދިވެހިރާއްޖެ

                                                                                                                                                                                              ނަންބަރު:FAM/IUL/2017/019

 

އިއުލާން

              1 އޮކްޓޯބަރ 2017 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލް 2017" މުބާރާތުގައި ބައިވެރިވާން ބޭނުންވެލައްވާ، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 14 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރާ ފޯރމް ފުރިހަމަ ކުރުމަށްފަހު، 20 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުން އެދެމެވެ.  އަދި މިމުބާރާތަކީ އަންހެން އަދި ފިރިހެން ދެ ޖިންސްއަށް ހުޅުވައިލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

              މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރާ ފޯރމް އަދި މުބާރާތުގެ ޤަވާއިދު މިއެސޯސިއޭޝަންގެ ކައުންޓަރުން ރަސްމީ ދުވަސްދުވަހުގެ ރަސްމީ ގަޑީގައި (ހެނދުނު 09:00 އިން ހަވީރު 16:00އަށް) ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.  

މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ: މުބާރާތުގެ އޯގަނައިޒިންގ ކޮމިޓީގެ ހެޑް އަލްފާޟިލް އައްސަދު އަބްދުލް ޤަނީ 7941414 އާއި އެވެ.

              21 އޮގަސްޓް 2017 

21 އޮގަސްޓް 2017
ހޯދާ