އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހިލޭ ގުޅޭ ނަންބަރު 1414 އިން ޚިދުމަތްދޭ ގަޑިތައް

2013 ނޮވެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން، ޢާންމު ފަރާތްތަކުން ސާފުކުރަން ބޭނުންވާ މަޢުލޫމާތު މި ކޮމިޝަންގެ ހިލޭ ގުޅޭ ނަންބަރު 1414 އިން  ފޯރުވައިދޭނެ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.

  • ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން ރޭގަނޑު 12:00 އަށް،
  • ހުކުރު ދުވަހުގެ މެންދުރުފަހުގެ 02:30 ން ރޭގަނޑު 12:00 އަށް،
  • ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވޭ ދުވަސްތަކުގައި، ޝަކުވާ ހުށަހެޅުމުގެ ގަޑި ނިމެންދެން (ރޭގަނޑު 12:00ގެ ފަސް ނަމަ) އަދި،
  • އިންތިޚާބު އޮންނަ (2013 ނޮވެންބަރު 09 ވާ ހޮނިހިރު) ދުވަހުގެ ހެނދުނު 06:00 ން ވޯޓުލައި ނިމި، ވަގުތީ ނަތީޖާ އިޢުލާންކޮށް ނިމެންދެން

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޛުލްޙިއްޖާ 1434

22 އޮކްޓޫބަރު 2013
ހޯދާ