ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޯން މަރާމާތުކުރުން

އިޢުލާން

އެއަރކޯން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ،

           މި އިދާރާގައި ހަރުކޮށްފައި ހުރި 13 އެއަރކޯން ސާރވިސްކޮށް އެ ތަކެއްޗަށް ދިމާވެފައިވާ  މައްސަލަތައް  ހައްލުކޮށްދޭނެ   ފަރާތެއް   ހޯދަން  ބޭނުންވެގެން  ކުރި   މިއިދާރާގެ  ނަންބަރ  (IUL)399-CA/399/2017/61 (16 ޖުލައި 2017) އިޢުލާނާއި ގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ ކުރިން ކުރި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކޮށްފީމެވެ.  ވީމާ، މިކަމަށްޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މަޢުލޫމާތު ސާފްކޮށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

 

ތަން

ތާރީޚް

ގަޑި

1

މަޢުލޫމާތު ސާފްކުރުން

ގަމު ކައުންސިލް އިދާރާ

9 އޮގަސްޓް 2017 (ބުދަ)

11:00

2

ބީލަން ހުށައެޅުން

ގަމު ކައުންސިލް އިދާރާ

15 އޮގަސްޓް 2017 (އަންގާރަ)

11:00

        

         ކޮންމެ ފަރާތަކަށްވެސް މަޢުލޫމާތު ސާފްކުރެވޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފްކުރުމަށާއި ބީލަން ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ކުލަބު ޖަމްއިއްޔާ ޖަމާޢަތްތައް، ކުންފުނިތައް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

                         14   ޛުލްޤަޢިދާ   1438

                         6      އޮގަސްޓް  2017

 

06 އޮގަސްޓް 2017
ހޯދާ