މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބްރޭންޑްނިއު ޕަވަރގޭޓް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

                       

                   މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 1.5 ޓަނުގެ ރަށު ޕިކަޕެއް ގަނެގެން މިރަށަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                   ވީމާ ، ރަށު ޕިކަޕް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 އޯގަސްޓް 2017 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޯގަސްޓް 2017 ވާ އާދިއްތަދުވަހުގެ 11:00އަށް މިއިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި އެއްވެސް ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

                   އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވާ ފަރާތްތަކުން 6600004، 9801114 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.                   

                   މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

24 ޖުލައި 2017
ހޯދާ