މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޅ.ކުރެންދޫއަށް ޕޯސްޓްގެ ޚިދުމަތް ދެއްވާނެ އެޖެންޓެއް ހޯދުން

މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ޅ.ކުރެންދޫ އަށް ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ބޭނުންވެއެވެ.

 

  1. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން.
  2. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ދިނުން.
  3. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށްފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.
  4. ސްޓޭމްޕް ވިއްކުން.
  5. ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައި ދިނުން.

 

އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުތުތައް.

 

-          ވިޔަފާރި ކުރާ ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ  އިދާރާއެއް ކަމުގައިވުން ނުވަތަ ރަށުގެ އިޖްތިމާޢީ ޚިދުމަތެއްދޭ ފަރާތަކަށްވުން. ވަކިފަރުދުންނަށްވެސް ކުރިމަތިލެވޭނެ.

-          ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވުން.

-          ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.

                      

އުޖޫރަ.

މަހަކު -/ 500 (ފައްސަތޭކަ ރުފިޔާ)  އޭޖެންސީ އުޖޫރަ

އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި. 

  1. ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން.
  2. ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ.
  3. ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ
  4. ވަކިފަރުދެއްނަމަ އައި.ޑީ ކާރޑްކޮޕީ އަދި ފޯރުވައިދޭ ޚިދުމަތާއި ގުޅުންހުރި ލިޔުންތައް

މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 03 އޮގަސްޓް 2017 ވާ (ބުރާސްފަތި) ދުވަހުގެ 15:00 ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުވާއިރު ސިޓީއުރައިގެ ބޭރުގައި "އެޖެންޓްކަމަށް އެދި" މިހެން ޖައްސަވަންވާނެއެވެ. މާލެއިން ނަމަ ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގ ގެ 3 ވަނަ ފްލޯރގެ އެޑްމިން ސެކްޝަނަށެވެ. އަދި އަތޮޅު ތެރެއިން ނަމަ މިކުންފުނީގެ ފެކްސް ނަމްބަރ 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ. އީމެއިލްއިން ފޮނުއްވާނަމަ ފޮނުއްވާނީ [email protected]  އަށެވެ.

 

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެސިސްޓެންޓް މެނޭޖަރ މަޙްމޫދު އަޙްމަދު، މޮބައިލް ނަންބަރު 7772916 އާއި ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.

24 ޖުލައި 2017
ހޯދާ