އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ވޯކްޝޮޕް ކުއްޔަށް ދޫކުރުމާއި ބެހޭ

ކައުންސިލުން ބަނދަރުސަރަޙައްދުގައި ހަދާފައިވާ ވޯކްޝޮޕާއި ވެހިކަލް ދޮންނަ ރޭންޕް ކުއްޔަށް ދޫކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މި ވޯކްޝޮޕް ކުއްޔަށް ހިފައިގެން ހިންގުމަށް ޝައުޤުވެރިކަން ހުރިފަރާތްތަކުން 25 ޖުލައި 2017 ވާ އަންގާރަދުވަހުގެ 11:30 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 އޮގަސްޓް 2017 ވާ އަންގާރަދުވަހު 11:30 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން ބިޑު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށަހަޅަން ވަޑައިގެންނެވެން ނެތްނަމަ އެފަރާތުގެ ސިޓީއަކާއިއެކު ބަދަލުގައި އެހެން ބޭފުޅަކަށް ބިޑު ހުށަހެޅިދާނެއެވެ. ބިޑު ކެނޑުން އޮންނާނީ ބިޑު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ބިޑު ހުށަހަޅާ ވަގުތުގައެވެ.

18 ޖުލައި 2017
ހޯދާ