އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާއީ މަސައްކަތަށް ބިންދޫކުރުމާއި ބެހޭ

ސިނާއީ މަސައްކަތަށް ބިންދޫކުރުމާއި ބެހޭ

 

އިޢުލާން

 

   ގެދޮރު އެޅުމަށް ބޭނުންވާ އެޅިގައު އެޅުންފަދަ މަސައްކަތްތައް ކުރުމަށް 1200 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ (Y) U-4/2017/03-06 (22 ޖޫން 2017)  ނަންބަރު ޖަލްސާއިން ވަނީ ނިންމާފައެވެ. ބިންދޫކުރުމަށް ކަނޑައަޅާފައިވަނީ އައިސް ޕްލާންޓް ހިމެނޭ ކަނޑުގުރުވަ ގޯތީގެ އުތުރުން ބަނދަރު ޖެޓީ މަގަށް ކުރިމަތި ކޮށެވެ.

ވީމާ، މިފަދަ މަސައްކަތްތައް ކުރުމަށް ބިންކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ޖުލައި 2017 ހޯމަ ދުވަހުގެ 11:30 އަށް އުކުޅަހު ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޖުލައި 2017 ވާ ހޯމަ ދުވަހު 11:30 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން ބިޑު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށަހަޅަން ވަޑައިގެންނެވެން ނެތްނަމަ އެފަރާތުގެ ސިޓީއަކާއިއެކު ބަދަލުގައި އެހެން ބޭފުޅަކަށް ބިޑު ހުށަހެޅިދާނެއެވެ. ބިޑު ކެނޑުން އޮންނާނީ ބިޑު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ބިޑު ހުށަހަޅާ ވަގުތުގައެވެ.

17 ޖުލައި 2017

18 ޖުލައި 2017
ހޯދާ