ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެމްކޯ އިން އޮންލައިން ރެޖިސްޓްރޭޝަން ފެށުން

WAMCO-BD/PR/2017/007

ނޫސް ބަޔާން

ވެމްކޯ އިން އޮންލައިން ރެޖިސްޓްރޭޝަން ފެށުން

ވޭސްޓް ކަލެކްޝަން  ސަރވިސް، ނުވަތަ ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށްޓަކައި، 16 މެއި 2017 ވަނަ ދުވަހުން ފެށިގެން ވެމްކޯގެ ވެބްސައިޓުން އޮންލައިން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށްޓަކައި ވެމްކޯގެ ވެބްސައިޓްގައިވާ ލިންކް https://reg.veshifaara.com/ މެދުވެރިކޮށް އެފަރާތެއްގެ ފުރިހަމަ މައުލޫމާތާއި އައިޑީކާޑުގެ ކޮޕީ އެޓޭޗްކޮށްފައި ފޮނުވުމަށްފަހު ފޯނަށް އަންނަ ވެރިފިކޭޝަން އަދަދު ޖެހުމުން ރެޖިސްޓްރީވެވުނީއެވެ.

މީގެ އިތުރުން ވެބްސައިޓުން (http://wamco.com.mv) ފޯމް ޑައުންލޯޑްކޮށް ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް  ކޮށްގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ކުރިއެކޭ އެއްފަދައިން ވެމްކޯ ހެޑް އޮފީހުން ފޯމް ދޫކުރުމާއި ބަލައިގަތުމުގެ ޚިދުމަތް ކުރިއަށްދާނެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުއްވުން އެދެމެވެ.

22 ޝައްވާލް 1438
16 ޖުލައި 2017

 

 

17 ޖުލައި 2017
ހޯދާ