މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ އަހަރީ ރިޕޯޓް ޕްރިންޓްކޮށް ބައިންޑް ކުރަން ބޭނުންވެއެވެ

އިޢުލާން

 

މި އޮތޯރިޓީގެ އަހަރީ ރިޕޯޓް ތިރީގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ޕްރިންޓްކޮށް ބައިންޑް ކުރަން ބޭނުންވެގެން 12 ޖުލައި 2017 ގައި ކުރި ނަންބަރު IUL)220-AS/1/2017/56) އިޢުލާނާ ގުޅިގެން ތަރުހީބު ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

 އަދަދު:              200 ކޮޕީ

ސައިޒް:              210mm x 260mm

ސަފުހާގެ އަދަދު:         160 (ބޭރުގަނޑުގެ ދެފުށް ހިމެނޭ ގޮތަށް)

ކަރުދާސް:             ބޭރުގަނޑު: 250 ޖީ.އެސް.އެމް އާރޓް ކާޑް

                  އެތެރެ ގަނޑުތައް: 120 ޖީ.އެސް.އެމް އާރޓް ޕޭޕަރ ސިލްކް

ޕްރިންޓް:             ހުރިހާ ގަނޑެއް ކުލަކޮށް

ފިނިޝިންގ:           ޕަރފެކްޓްލީ ބައުންޑް

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  ތާރީޚު ދުވަސް ވަގުތު
 އަންދާސީހިސާބު ހުށަހެޅުން 19 ޖުލައި 2017 ބުދަ 15:00

މާރކްސް ދޭނެގޮތް:

  • އަގަށް:          %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
  • ޑެލިވަރީ މުއްދަތު:    %20 (އެންމެ ކުރު މުއްދަތެއް ހުށަހަޅުއްވާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
  • ތަޖުރިބާ:          %10 (މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް)

  އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

-          އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

-          އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

 ހުށަހަޅަންޖެހޭ ތަކެތި:

-          ބިޑް ޕްރޮޕޯސަލް (ޖީ.އެސް.ޓީއަށްވާ ޢަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން)

-          މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތަފްސީލް

-          ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް (މިފަދަ މަސައްކަތް ކުރުމުގައި ތަޖްރިބާ ލިބިފައިވާ މުއްދަތު އެނގޭގޮތަށް)

-          ކުންފުނި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

-          އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

-          ފަންނީ ގޮތުން ޤާބިލްކަން ހުރި މިންވަރު

-          އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ، އެ ފަދަ ލިޔުމެއް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ޓެލެފޯނު ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ. 

22 ޝައްވާލް 1438

16 ޖުލައި 2017
ހޯދާ