ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އުފައްދަވައި އެ މަޢުލޫމާތު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމާބެހޭ

`

ވަޒީފާއާބެހޭ ޓްރައިބިއުނަލް

                                   މާލެ، ދިވެހިރާއްޖެ                                    

   ނަންބަރު: 200VTR/2017/04 

 

ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އުފައްދަވައި އެ މަޢުލޫމާތު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމާބެހޭ

 

ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" ގެ ނަމުގައި ކޮމެޓީއެއް އުފެއްދުމަށް ޤާނޫނު ލާޒިމުކުރާ ފަރާތްތަކުން ކޮމެޓީ އުފައްދައި، އެކަމުގެ މަޢުލޫމާތު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެ ކަމަށް އެ ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ކޮމެޓީ އުފެއްދުމަށް ޤާނޫނު ލާޒިމުކުރާ ފަރާތްތަކުން އެ މަޢުލޫމާތު ލިޔުމަކުން މި ޓްރައިބިއުނަލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން މަޢުލޫމާތު ހުށަހަޅުއްވާއިރު އެއިދާރާއެއްގެ ނަމާއި، ކޮމެޓީ އުފެއްދެވި ތާރީޚާއި އަދި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ މަޢުލޫމާތު (ނަން، މަޤާމް، ކޮމެޓީ ޗެއަރ ޕަރސަން އެނގޭނޭގޮތަށް) ސިޓީގައި ހިމެނުއްވުމަށް ދަންނަވަމެވެ. އަދި ކޮމެޓީ އުފައްދައި ޓްރައިބިއުނަލަށް މަޢުލޫމާތު ހުށަހަޅުއްވާފައިވާ އިދާރާތަކުގެ ތެރެއިން، އެއިދާރާއެއްގެ ކޮމިޓީއަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެކަން ބަޔާންކޮށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ މަޢުލޫމާތު ޓްރައިބިއުނަލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ޓްރައިބިއުނަލްގެ ނަންބަރު: 3308772  ފޯނާ ގުޅުއްވުން އެދެމެވެ.

 

19 ޝައްވާލް 1438

13  ޖުލައި  2017

 

13 ޖުލައި 2017
ހޯދާ