މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
މޭވާ ދޮންކުރުމުގައި ކެލްސިއަމް ކާބައިޑް ބޭނުންކުރުމާބެހޭ

މިފަހަކަށް އައިސް މޭވާއާއި ތަރުކާރީ ހައްދައި އޭގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކުން މޭވާ ދޮންކުރުމަށްޓަކައި ތަފާތު ވައްތަރުގެ ކެމިކަލްތައް ބޭނުންކުރަމުންދާކަން މިއޮތޯރިޓީއަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިކަމަށްޓަކައި ކެލްސިއަމް ކާބައިޑް ބޭނުންކުރަމުންދާ ކަމުގެ މަޢުލޫމާތު ދަނީ ލިބެމުންނެވެ. މިކަން އިތުރަށް ބެލުމަށްޓަކައި ދިރާސާކުރަމުންދާ ކަމުގައި ދަންނަވަމެވެ.

މޭވާ ދޮންކުރުމަށާއި ކާބޯތަކެއްޗަށް އަސަރުކުރުވާ ފަދަ ކަމެއްކުރުމަށް ކެލްސިއަމް ކާބައިޑް ބޭނުންކުރުމަކީ ޞިއްޙީ ގޮތުން ރައްކާތެރިކަމެއް ނޫނެވެ. އަދި މިކެމިކަލްގެ ސަބަބުން ކުރިމަތިވެދާނެ  ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ކެއްސުން، ނޭވާ ކުރުވުން، ކަރުގައި ރިއްސުން، ހަންގަޑު ކަޅުވުން، ލޯ ރަތްވުން ފަދަކަންކަން ހިމެނެއެވެ.

ވީމާ، ކެލްސިއަމް ކާބައިޑް ބޭނުންކޮށްގެން މޭވާ ދޮންކުރުމަކީ އާންމު ޞިއްޙަތަށް ގެއްލުމެއް ލިބިދާނެކަމަކަށްވާތީ، އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު ނަންބަރު 2012/7 ގެ 7ވަނަ ބައިގެ 42 ވަނަ މާއްދާގެ (މ) އާއި ހަވާލާދީ މިކެމިކަލް، މިގޮތަށް ބޭނުންކުރުމަކީ މަނާ ކަމެއް ކަމުގައި ދަންނަވަމެވެ. އަދި މި ޤާނޫނުގެ ދަށުން މި ޢަމަލު ކުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ވާހަކަ އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

 8 ޖުމާދަލްއާޚިރާ 1434

18 އޭޕްރިލް 2013
ހޯދާ