ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
މެނޭޖަރ

މަޤާމް: 

މެނޭޖަރ

މަޤާމުގެ ނަންބަރު: 

 J130597

ބޭނުންވާ ޢަދަދު:  

01

މަޤާމުގެ ރޭންކް:  

އެމް.އެސް 3

މަގާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން:     

ޕްރޮޖެކްޓްސް، ޕްލޭނިންގ އެންޑް މެއިންޓެނަންސް

މަޤާމް އޮތް އޮފީސް:

ރީޖަނަލް އެއަރޕޯޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރީޖަނަލް އެއަރޕޯޓްސް، މާލެ'

އަސާސީ މުސާރަ: 

މަހަކު 7,035/- ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000/- ރުފިޔާ

ސްޕެޝަލް އެލެވެންސް

މަހަކު 2,462/25 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ.

 

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

ރީޖަނަލް އެއަރޕޯޓްސްގެ ދަށުން ހިނގަމުންދާ ސަރަހައްދީ އެއަރޕޯޓުތަކުގައި ކުރިއަށް ގެންދެވޭ އެކިއެކި މަޝްރޫޢުތަކާބެހޭ މަސައްކަތްތައް ކުރުން.

  1. ޕްރޮޖެކްޓްތަކާއި ބެހޭގޮތުން ކޮންޓްރެކްޓަރުން ހުށަހަޅާ މައްސަލަތައް ބަލާ އެކަންކަމަށް ބޭނުންވާ ޙައްލު ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގ ސެކްޝަން ހިންގަވަން ހުންނަވާ ފަރާތުގެ އިރުޝާދާއި އެއްގޮތަށް ހަމަޖައްސައި ދިނުން.
  2. އެއަރޕޯޓްތަކުގައި ރީޖަނަލް އެއަރޕޯޓްސް އިން ތަކެތި ދީގެން ހިންގާ ޕްރޮޖެކްޓް ތަކުގައި މިއޮފީހުން ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގެ އެންމެހާ ކަންކަން ހިގާނުހިގާގޮތް ބެލުން.
  3. ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގ ސެކްޝަން ހިންގަވަން ހުންނަވާ ފަރާތެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން، އަލަށް ޑިވެލޮޕްކުރާ އެއަރޕޯޓްތަކުގެ ކުރެހުންތައް ކުރެހުމާއި އަދި ހިންގޭ ޕްރޮޖެކްޓްތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކުރުން.
  4. އެއަރޕޯޓްތަކުގައި ކުރެވޭ މަސައްކަތް ބެލުމަށްޓަކައި އެއަރޕޯޓްތަކަށް ގޮސް ރިޕޯޓް ތައްޔާރުކުރުން.
  5. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާއިގުޅިގެން މަސައްކަތްކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައިތިބޭ މުވައްޒަފުންގެ މަސައްކަތްތައް ޙިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވާ ހިންގާ ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި އެހީތެރިވުން.

 

 

މަޤާމުގެ ޝަރުތުތައް:

1. އެއަރޕޯޓް އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

2. އެއަރޕޯޓް އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. އެއަރޕޯޓް އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

4. އެއަރޕޯޓް އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

5. އެއަރޕޯޓް އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

 

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ޙާސިލުކޮށްފައިވާތަޢުލީމާއި،ތަމްރީނަށްބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތާކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކްޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/dv/downloads/886 އިން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖުލައި 2017 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، ރީޖަނަލް އެއަރޕޯޓްސް އޮފީހަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، ([email protected]) އެވެ. ފެކްސް ނަންބަރަކީ، ((3320911 އެވެ. އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސް ދުވަސްތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ / މާލެ.

 

 

ޝޯޓް ލިސްޓްކުރުން

 

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

 

 

 

އިތުރު މަޢުލޫމާތު ހޯދުން

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. އީމެއިލް ކުރާނީ ([email protected]) އަށެވެ.

 25 ރަމަޟާން 1438

20 ޖޫން 2017

20 ޖޫން 2017
ހޯދާ