ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް މެޑިކަލް ރިކޯރޑް އޮފިސަރ

ތ. އަތޮޅު ހޮސްޕިޓަލް

         ތ. ވޭމަންޑޫ، ދިވެހިރާއްޖެ

                                                 ވަޒީފާގެ ފުރުޞަތު 

                                   ނަންބަރު: (IUL)TAH-A/TAH/2017/1

                      އިޢުލާން

 

މަޤާމް :                   އެސިސްޓެންޓް މެޑިކަލް ރެކޯރޑް އޮފިސަރ

މަޤާމްގެ ނަންބަރު:            J-253687

ބޭނުންވާ އަދަދު :             01 

މަޤާމްގެ ގިންތި :             ދާއިމީ

މަޤާމްގެ ރޭންކް :             ޖީ.އެސް 3

މަޤާމްގެ ކްލެސިފިކޭޝަން:        އޮފިސަރ ގރ 1

ސެކްޝަން :                ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން ސާރވިސް ސެކްޝަން 

މަޤާމް އޮތް އޮފީސް :          ތ. އަތޮޅު ހޮސްޕިޓަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން :     ތ. އަތޮޅު ހޮސްޕިޓަލް

މުސާރަ :                  4465.00 ރުފިޔާ

ސަރވިސް އެލެވަންސް :         1500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް :           1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

                        2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

                        3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

                        4. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އަދަދަށް ރިސްކް އެލަވަންސް

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި      

ވާޖިބްތައް:               

 

 1. ޤަވާއިދުން އިންޕޭޝެންޓް ޑައިގްނޯސިސްތައް ކޯޑްކުރުން އަދި އައުޓްޕޭޝަންޓް ޑައިގްނޯސިސްތައް ކޯޑްކުރެވޭތޯ ޗެކްކުރުން
 2. ހޮސްޕިޓަލާއި ޞިއްހީމަރުކަޒުތަކުގައި ތަފާތު ހިސާބުތައް ޤަވާއިދުން އެއްކޮށް ބެލެހެއްޓުން
 3. މެޑިކަލް ރެކޯޑްސްގެ އަދި ބަލިތަކުގެ ކޯޑިންގެ ކޮލިޓީ ހިފެހެއްޓުމަށް ކުރަންޖެހޭ މޮނިޓަރިންއާއި އިވެލުއޭޝަން ޤަވާއިދުން ހެދުން
 4. ހޮސްޕިޓަލުން ދޫކުރެވޭ މެޑިކޯ ލީގަލް ރިޕޯރޓްތައް ފޮނުވުމާއި ރިކޯރޑްސް ބެލެހެއްޓުން
 5. ހޮސްޕިޓަލް ލޯންޗްގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، އަހަރީ ފީ ދެއްކުމާއި، ސެޓްފިކެޓް ހެއްދުމާއި، މުވާސަލާތީ ތަކެއްޗަށް ދައްކަންޖެހޭ އަހަރީ ފީ ދެއްކުމާއި މިތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން
 6. ދުވަހުން ދުވަހަށް ޑެއިލީ ސާރވެލަންސް ރިޕޯރޓް އަޕްލޯޑް ކުރުން
 7. މަންތްލީ ރިޕޯރޓްސް އޮފް އެކްޓިވިޓީސް ރިޕޯރޓް، ޑެތް ސާރޓިފިކޭޝަން ޑިކްލަރޭޝަން ރިޕޯރޓް، މަންތްލީ އިންޕޭޝަންޓް ރިޕޯރޓް އަދި އެޗް.އާރު އެންޑް ބެޑް ޑާޓާ ރިޕޯރޓް ހެދުން

މަޤާމްމުގެ ޝަރުތުތަޢް:     

 1. ނާރސިންގ، ފާމަސިސްޓް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ނާރސިންގ، ފާމަސިސްޓް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ
 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު      ސެކަންޑަރީ ސްކޫލް ސެޓްފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން  "ސީ" ގްރޭޑް ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:    

 1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން
 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:      

 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

        (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންފެންވަރު ބައްލަވާފައިވާ ތަޢުލީމީ  ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

        (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ  މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

        (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ    ސެޓުފިކެޓުތަކުގެ ކޮޕީ.

 1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
 3. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ           

        (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ  ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި  މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި

ސުންގަޑި:                     

ވަޒީފާއަށް އެދޭ ފޯމު  ތ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުން  ލިބެންހުންނާނެއެވެ.

އަދި ސިވިލް ސަރވިސް www.csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 ޖުލައި 2017ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ thaahospital.hr@gmail.com އެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ        

ތަނާއި،މުއްދަތު :                         

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 16 ޖުލައި 2017 އާއި 23 ޖުލައި 2017 އާދެމެދު ތ.އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން :

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

މަޤާމަށް މީހުންހޮވުމަށް

ކަނޑައަޅާ            ފައިވާ ކްރައިޓީރިއާގެ

ހުރިހާ ބަޔަކުން އެންމެ ދަށްވެގެން

ލިބެންޖެހޭ ޖުމްލަ އިންސައްތަ:           

30% (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:             

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780058 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 6780582 އެވެ.     

25 ރަމަޝާން 1438

20 ޖޫން    2017      

             

                   

20 ޖޫން 2017
ހޯދާ