މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްއަށް މަޖައްލާއެއް ތައްޔާރުކޮށްދީ ޝާއިޢު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އެމް.އޭ.ސީ.އެލްއަށް މަޖައްލާއެއް ތައްޔާރުކޮށްދީ ޝާއިޢު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަށް މަޖައްލާއެއް ތައްޔާރުކޮށްދީ ޝާއިޢު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު : 116-F3/IFB/2017/19އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 ޖޫން 22 ވާ ބުރާސްފަތިދުވަހުގެ މެންދުރު 13:15 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، އިނގިރޭސި ބަހުން ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

 

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ޖުލައި 12 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖުލައި 12 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަން ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

18 ޖޫން 2017
ހޯދާ