މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ކުންފުނިތަކުން ބިދޭސީން ގެނައައުމަށް އައްޔަންކުރާ ރެކުރޫޓުމަންޓު އެޖެންސީ އާއި ކުންފުންޏާއި ސިސްޓަމުން ގުޅުވާ ދިނުމަށް، ރިލޭޝަން ހަދަމުން ގެންދިއަ އުސޫލަށް ތިރީގައި ބަޔާންކޮށްފައި ވާ ގޮތަށް ވަނީ ބަދަލު ގެނެވިފައެވެ.

އެކްސްޕެޓް އޮންލައިން ސިސްޓަމަށް ބައެއް ބަދަލުތައް ވަނީ ގެނެވިފައެވެ. މި ބަދަލާއި ގުޅިގެން، ކުންފުނިތަކުން ބިދޭސީން ގެނައައުމަށް އައްޔަންކުރާ ރެކުރޫޓުމަންޓު އެޖެންސީ އާއި ކުންފުންޏާއި  ސިސްޓަމުން ގުޅުވާ ދިނުމަށް، ރިލޭޝަން ހަދަމުން ގެންދިއަ އުސޫލަށް ތިރީގައި ބަޔާންކޮށްފައި ވާ ގޮތަށް ވަނީ ބަދަލު ގެނެވިފައެވެ.

  • ކުންފުންޏަކުން އެކުންފުނީގެ ބިދޭސީންނާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް އެމްޕްލޯއިމަންޓް އޭޖެންސީއެއް ނުވަތަ ކުންފުނީގެ މުވައްޒަފަކާ ހަވާލުކުރި ނަމަވެސް، ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން ކުންފުނީގެ އެންމެހާ ކަންތައްތަކާ ޒިންމާވާ ފަރާތްބަޔާންކުރާ "ބޯރޑް ރިސޮލިއުޝަން" ހުށަހަޅަން ޖެހޭނެއެވެ.

 

  • އަމިއްލަ ފަރާތަކުން ބިދޭސީންނާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް އެމްޕްލޯއިމަންޓް އޭޖެންސީއަކާ ހަވާލުކުރި ނަމަވެސް، ވެރިފަރާތުން އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީވުމަށްފަހު  އެފަރާތުން މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުވެ އިގުރާރުގައި ސޮއިކުރަން ޖެހޭނެއެވެ.

އަދި  ދަންނަވަމެވެ. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދުމަށް އެދި މިމުއައްސަސާއަށް ހުށަހަޅުއްވާފައިވާ އެޕްލިކޭޝަންތަކުގައި ބަޔާންކޮށްފައިވާ ވަޒީފާ ދޭ ފަރާތުގެ ފޯނު ނަންބަރުން އެ ފަރާތްތަކާއި ނުގުޅޭކަން ފާހަގަ ކުރެވެއެވެ. ހަމަ އެފަދައިން ދީފައިވާ އެޑުރެހުގައި އޮފީސް ނުހުންނަކަން ނުވަތަ ވަޒީފާ ދޭ ފަރާތް އުޅެމުން ނުދާކަން ވެސް ފާހަގަ ކުރެވެއެވެ. އަދި ކުންފުނީގެ ޑިރެކްޓަރުން ބަދަލުވުމުން ނުވަތަ ކުންފުނީގެ އޮފީސް ހިންގާ އެޑްރެހަށް ބަދަލު ގެނައުމަށްފަހު އެ މަޢުލޫމާތު މި މުއައްސަސާއަށް ޤަވައިދުން އަންގަމުން ނުދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، ވަޒީފާ ދޭ ފަރާތާއި ގުޅޭގޮތުން މި އިދާރާއަށް ހުށަހަޅުއްވާފައިވާ އެއްވެސް މަޢުލޫމާތަކަށް ބަދަލު އައިސްފައިވާނަމަ 2 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ ޕާރމިޓްސް އެންޑް ފޮރިން އެމްޕްލޯއިމަންޓް ޑިވިޜަންގެ އޮންލައިން ރެޖިސްޓްރޭޝަން ކައުންޓަރަށް (ހުރަވީ ބިލްޑިންގ، 2 ވަނަ ފަންގިފލާ) ލިޔުމުން އެކަން އެންގެވުމަށް ދެންނެވީމެވެ. އަދި، އީ މެއިލް މެދުވެރިކޮށް ފޮނުވާނަމަ [email protected] އަށް ލިޔެކިއުންތަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އޮންލައިން ރެޖިސްޓްރޭޝަންގެ ހިދުމަތްތަކާއި ގުޅުންހުރި ލިޔެކިއުންތަކުގެ ނަމޫނާ މި އިދާރާގެ ވެބްސައިޓް www.immigration.gov.mv   އިން ލިބެންހުންނާނެކަމުގައި ދެންނެވީމެވެ.

17 މޭ 2017
ހޯދާ