ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޑެވެލޮޕްމަންޓް އޮފިސަރ

   

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

އެސިސްޓަންޓް ޑެވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ޓެކްނިކަލް ޑިޕާރޓްމަންޓް

މަޤާމް އޮތް އޮފީސް:

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މުސާރަ:

ފެށޭމުސާރަ، މަހަކު -/1750 ރ.

ސާރވިސް އެލެވަންސް، މަހަކު -/2250 ރ.

އިތުރު އެލެވަންސް، މަހަކު -/1000 ރ.

ޖުމުލަ، މަހަކު -/5000 ރ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވީ.އޭ.އެމް އިން ރާވާހިންގާ އެންމެހައި މުބާރާތްތަކާއި ކޯސްތައް އަދި ސެމިނަރ ފަދަ އިވެންޓްތަކުގެ ލިޔެކިޔުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  2. މުބާރާތްތަކުގެ ޚަރަދުގެ ހިސާބު ބެލެހެއްޓުމާއި ރިކޮންސިލިއޭޝަން ތައްޔާރުކުރުން.
  3. ޓެކްނިކަލް ޑިޕާރޓްމަންޓަށް ލިބޭ ސިޓީތަކަށް ޖަވާބު ދިނުމާއި ފޮނުވަންޖެހޭ ސިޓީ ފޮނުވުން.
  4. މަސައްކަތުގެ ގޮތުން ފައިލް ކުރަންޖެހޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  5. ޓެކްނިކަލް ޑިޕާރޓްމަންޓް ގެ އިންވެންޓްރީ ބެލެހެއްޓުން.
  6. އޮފީހުން ޙަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ މިންވަރު.
  2. މައިކްރޮސޮފް ވޯޑް، އެކްސެލް އަދި ކޮރަލް ޑްރޯ ބޭނުންކުރަން ދަންނަ މިންވަރު.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. އަމިއްލަ އިސްނެގުމާއި ވިސްނުންތެރިކަމާ ކެތްތެރިކަމާއެކު ކަންތައްތައް ކުރާން އިގޭމިންވަރު.
  7. މުޢާމަލާތުކުރުމުގެ ހުނަރު ހުރުން، އެހެންމީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
  8. ޓީމެއްގެގޮތުގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  9. ސްޕޯރްޓްސް މެނޭޖްމަންޓްގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭނީ މިއެސޯސިއޭޝަންގެ ރައީސްއަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީއަކުންނެވެ.

ސިޓީ ހުށަހަޅާނީ  މޭ 18  ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ހ.ބޯޅަގެ، އަބަދަށްއުފާމަގު އަށެވެ. ވަޒީފާއަށް އެދި ލާ ސިޓީ އާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected]  އެވެ.

އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2017 މެއި މަހުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހ.ބޯޅަގެ/އަބަދަށްއުފާމަގު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3317015 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

03 މޭ 2017
ހޯދާ