މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕެއަރ ޕާރޓްސް ހޯދުމަށް ބޭނުންވެއްޖެ

 ސްޕެއަރ ޕާރޓްސް ހޯދުމަށް ބޭނުންވެއްޖެ

"ޔަންމާ 350 ހޯސް ޕަވަރގެ އިންޖީނެއްގެ ފުލް އޯވަރ ހޯލްކުރުމަށް ބޭނުންވާ ސްޕެއަރ ޕާރޓްސް ސަޕްލައިކޮށް ދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ މިތަކެތި ސަޕްލައިކޮށް ދެއްވުމަށް ޝައުޤްވެރިލައްވާ ފަރާތްތަކުން 2017މެއި 14  ވާ އާދިއްތަ  ދުވަހު 12:30 އަށް މިކައުންސިލްއިދާރާއަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު  2017މެއި 25 ވާ ބުރާސްފަތި ދުވަހުގެ 12:30   އަންދަސީ ހިސާބު ހުށައެޅުމަށް ދަންނަވަމެވެ.  މައުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފާރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަވެސް ދަންނަވަމެވެ.

މައުލޫމާތު ސާފުރުމުގެ ބައްދަލްވުމުގައި ބައިވެރިވެވޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީއޮފް އިކޮނަމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާ ފަދަ ފަރާތް ތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި،ކުލަބް،ޖަމުޢިއްޔާ ރަޖިސްޓްރޭޝަން ސެޓްފިކެޓް އަދި އައިޑީކާޑްގެ ކޮޕީއެއް ގެނަންވާނެއެވެ. ކުންފުނިން ،ކުލަބް،ޖަމުޢިއްޔާ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލްވުމާއި،އަންދާސީ ހިސާބް ހުށަހެޅުމަށް ޙާޟިރުވެވެން ނެތިގެން ބަދަލްގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފަވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ. 

 

މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޝަޢުބާން 1438ހ.

03 މެއި 2017މ.

03 މޭ 2017
ހޯދާ