ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

`

 

ވަޒީފާއާބެހޭ ޓްރައިބިއުނަލް

 މާލެ، ދިވެހިރާއްޖެ

          200-VTR/IU/2017/03 :ނަންބަރު

   ވަޒީފާގެ ފުރުސަތު

 

މަޤާމުގެނަން: އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމުގެ ބާވަތް: ދާއިމީ

ޢަދަދު:  01

މުސާރަ: -/8500 ރުފިޔާ

ޢިނާޔަތްތައް:

ސަރވިސް އެލަވަންސް:    -/2000 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް: ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި، މައްސަލަތައް  ހަލުވިކަމާއެކު، ފުރިހަމައަށް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވުން.  

                        ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިދާރީ ހިންގުމުގެ ކަންތައްތަކުގައި ބޭނުންވާ ޤާނޫނީ ލަފާދިނުން.

 

 

ފެންވަރު ނުވަތަ ޝަރުތު:       ޤާނޫނީ ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި މަޤާމަށް މީހަކު ނެގުމުގައި ލޭބަރ ލޯ އިން ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.   

 

މަސައްކަތްކުރަންޖެހޭތަން:       މިމަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

                   

ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 16 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ  13.30ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަޑު ޖަހާފައިވާ) އަދި މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ.  މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު  3308773އަށް ގުޅުއްވުން އެދެމެވެ.

                    28 ރަޖަބް 1438  

                     25 އޭޕްރީލް 2017

25 އޭޕްރިލް 2017
ހޯދާ