ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތް 2017 އާއި ބެހޭ:

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރުގެ ރަމަޞާން މަހުގެ ފަހަށް ފަސްކުރެވިފައިވާ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތް 2017 މިހާރު ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ 20 ޖުލައި 2017 އެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 1 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

 

މުބާރާތް ބޭއްވޭނެ ތާރީޚް:

2017 ޖުލައި 20 އިން 2017 އޮގަސްޓް 30 އާއި ދެމެދު

މުބާރާތް ބޭއްވޭނެތަން:

މިއެސޯސިއޭޝަން އިން ކަނޑައަޅާ ވަކި ރިސޯޓުތަކެއްގައި

މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް:

ރާއްޖޭގައި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ރިސޯޓު ތައް

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި:

(އެންޓްރީ ދުވަހާއި ގަޑި)

2017 ޖޫން 01 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް.

މުބާރާތުގައި ބައިވެރިކޮއްދެވޭނެ ސުންގަޑި:

(ލޭޓް އެންޓްރީ ދުވަހާއި ގަޑި)

2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް.

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚާއި ގަޑި:

2017 ޖޫން 29 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.

މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ތަން:

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

[email protected]

އިތުރު މަޢުލޫމާތު:

[email protected]

 7775050  އަދި 3317015

 

19 އޭޕްރިލް 2017
ހޯދާ