މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު މިސްކިތްތައް މަރާމާތު ކުރާނެފަރާތެއް ހޯދުން

މިރަށު  މިސްކިތްތައް މަރާމާތު ކުރާނެފަރާތެއް ހޯދުން

 

 ސުރުހީގައި ދަންނަވާފައިވާ މިރަށު މިސްކިތްތައް (މަސްޖިދުލް ސުމުއްވުލްއަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒު، މަސްޖިދުލް ޛުލްޤަރުނައިނި އަދި މަސްޖިދުލް ކިބްރިޔާ) މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޭޕްރީލް  2017މ ވާ އަންގާރަ ދުވަހު 13:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މޭ 2017 ވާ  ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބުހުށަހެޅުއްވުންއެދެމެވެ.

މައުލޫމާތު ސާފުރުމުގެ ބައްދަލްވުމުގައި ބައިވެރިވެވޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިވަފާރިއެއްގެ ގޮތުގައި މިނިސްޓްރީއޮފް އިކޮނަމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާ ޖަމާޢަތް ފަދަ ފަރާތް ތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އެފަދަ ފަރާތަކުން  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުމަށް ޙާޟިރު ވެވެން ނެތިގެން ބަދަލްގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް    ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފަވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާދުގެ ނަން އަދި އިޢުލާން ނަންބަރ  އޮންނަންވާނެއެވެ. 

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 އޭޕްރިލް 2017
ހޯދާ