ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީ.އެމް.ޑީ.އޭ މަޒުމޫން މުބާރާތް 2013 ގެ ނަތީޖާ

ކެޕިޓަލް މާރކެޓްގެ ދާއިރާއަށް ސްކޫލްތަކުގެ ދަރިވަރުން އަހުލުވެރިކުރުމުގެގޮތުން، މާލޭ ޒޯންގެ ސާނަވީ އަދި މަތީ ޘާނަވީ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސީ.އެމް.ޑީ.އޭ މަޒުމޫން މުބާރާތް 2013 "އިސްލާމިކް ކެޕިޓަލް މާކެޓްގައި އިންވެސްޓްކުރުން"  މި މައުޟޫޢަށް 20 އެޕްރީލް 2013 ގައި ވަނީ ބާއްވައިފައެވެ. ދެ އުމުރުފުރައަކަށް ބަހާލައިގެން ބޭއްވި މިމުބާރާތުގައި 16 އަހަރުން ދަށާއި، 21 އަހަރުން ދަށުގެ އުމުރުފުރާއިން މާލޭގެ 7 ސުކޫލަކުން ޖުމްލަ 35 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

ސީ.އެމް.ޑީ.އޭ މަޒްމޫން މުބާރާތް 2013 ގެ ވަނަވަނަ ހާސިލުކުރި ފަރާތްތައް ތިރީިގައި މިވަނީއެވެ:

  • 16 އަހަރުން ދަށުގެ އުމުރުފުރާއިން 2 ވަނަ ހާސިލުކުރީ މަރިޔަމް ރަފާ ޢަބްދުއްލަޠީފް، ޖަމާލުއްދީން ސްކޫލް އަދި 3 ވަނަ ދަރިވަރަކަށް ހޮވުނީ އާމިނަތު ނައުޝާ އަޙްމަދު، ޖަމާލުއްދީން ސްކޫލް އެވެ.
  •  21 އަހަރުން ދަށުގެ އުމުރުފުރާއިން 2 ވަނަ ހާސިލުކުރީ ފާޠިމަތު ޒާހިޔާ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އަދި 3 ވަނަ ދަރިވަރަކަށް ހޮވުނީ ފާޠިމަތު ޢަޝްފާ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އެވެ.

އުމުރުފުރާ ތަކުން 1 ވަނަ ދަރިވަރު ހޮވިފައިނުވަނީ އެއުމުުރުފުރާ ތަކުން ކަނޑައެޅިފައިވާ މިންގަނޑަށް މާރކްސް ލިބިފައިނުވާތީއެވެެ.

  • 16 އަހަރުން ދަށުގެ އުމުރުފުރާއިން  3 ވަނަ ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލް އެވެ. އަދި މި އުމުރުފުރާއިން  1 ވަނަ 2 ވަނަ ސްކޫލް ހޮވިފައި ނުވަނީ ކަނޑައެޅިފައިވާ މިންގަޑަށް މާރކްސް ލިބިފައިނުވާތީއެވެ. 21 އަހަރުން ދަށުގެ އުމުރުފުރާއިން ކަނޑައެޅިފައިވާ އަދަދަށް ސްކޫލްތަކުން ބައިވެރިވެފައިނުވުމާއެކު، މިއުމުރުފުރާއިން ސްކޫލް ވަނަތައް ހޮވާފައިނުވެއެވެ.

މި ފުރުޞަތުގައި ވަނަވަނަ ހާސިލުކުރި ހުރިހާ ދަރިވަރުންނަށާއި، އެދަރިވަރުންގެ ސްކޫލްތަކަށް ތަހްނިޔާ އާއި މުބާރަކްބާދީ ފޮނުވަމެވެ. އަދި މިއަހަރު ސްކޫލްތަކަށް މިހިންގުނު ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި ސްކޫލްތަކުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެހުރިހާ ފަރާތްތަކަށް މި އޮތޯރިޓީން ފަށްފަށުން ޝުކުރު ދަންނަވަމެވެ.

ސީ.އެމް.ޑީ.އޭއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ބެހޭ އިތުރު މަޢުލޫމާތު، އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv  އިން ލިބެން ހުންނާނެއެވެ.

24 ޛުލްޤަޢިދާ 1434 

30 ސެޕްޓެންބަރު 2013
ހޯދާ