މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާބެހޭ

މިހާރަކަށްއައިސް ބައެއް ފަރާތްތަކުން އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު ޑޮކިއުމެންޓް ފުރިހަމަވެފައި ނުވުމުގެ ސަބަބުން ރަޖިސްޓަރީ ކުރުމުގައި ދަނީ ތަފާތު މައްސަލަތައް ދިމާވަމުންނެވެ. އެގޮތުން ސްޕެއަރ ޕާޓްސްގެ ގޮތުގައި އުޅަނދުގެ ބައިތައް ވަކިވަކިން އެތެރެކޮށް އެސެމްބްލް ކުރުމަށްފަހު ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު ރަޖިސްޓަރީގައި ހިމަނަން ބޭނުންވާ ބައެއް މަޢުލޫމާތު ފުރިހަމަވެފައި ނުހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ،  15އޮކްޓޫބަރު 2013 ވަނަ ދުވަހުން ފެށިގެން މިދެންނެވި ގޮތަށް ވަކިވަކިން އެތެރެކޮށް އެސެމްބްލް ކޮށްފައިވާ އުޅަނދުތައް މިއޮތޯރިޓީގައި ރަޖިސްޓަރީކޮށްދޭނީ އުޅަނދަށް ޑިއުޓީ ދެއްކިކަމުގެ ލިއުމާއެކު އުޅަނދު ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ކަސްޓަމްސް ޑިކްލަރޭޝަން ފޯމުގައި މަޢުލޫމާތު ފުރިހަމަވެފައިވާ ފަރާތްތަކުން ހުށަހަޅާ އުޅަނދުތައް ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 ޛުލްޤަޢިދާ 1434

25 ސެޕްޓެންބަރު 2013
ހޯދާ