އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ ރިޓެންޝަން މުއްދަތުގައި އިމާރާތުން ފެނުނު ރަނގަޅުނޫން ކަންތައްތައް ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުން

އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ މަސައްކަތްނިމި 1 އަހަރުގެތެރޭގައި (ރިޓެންޝަން މުއްދަތުގައި) ފެނުނު ރަނގަޅުނޫން ކަންތައްތައް ރަނގަޅުކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އެޕްރީލު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 އެޕްރީލު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

09 ރަޖަބު  1438

06 އޭޕްރިލް 2017
ހޯދާ