ފައިނު ސްކޫލް
ދިވެހިރާއްޖެ
2 ފާހާނާ އިމާރާތްކުރުން

                      މިސުކޫލުގެ އައުއިމާރާތުގެ ގޯތީގައި އަމިއްލަ ތަކެތީގައި 2 ފާހާނާ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި GS129/2017/01 ނަމްބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އެފުރުސަތު އަލުން ހުޅުވާލަމެވެ. މިއީ މިކަމަށް ކުރެވޭ 2 ވަނަ އިޢުލާނެވެ.

 

                      ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 އެޕްރީލް 2017 ވާ އަންގާރަދުވަހުގެ ހެނދުނު 10:00 ގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އެޕްރީލް 2017 ވާ އާދިއްތަދުވަހުގެ ހެނދުނު 10:00 ގައި މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6580358 ފޯނާއި ގުޅުއްވުން އެދެމެވެ.

8 ރަޖަބު 1438 ހ.

5 އޭޕްރީލް 2017 މ.

05 އޭޕްރިލް 2017
ހޯދާ