ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

             އަންދާސީ ހިސާބު ބޭނުންވެއްޖެ     

       ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާއިން އިމާރަތް ކޮށްފައިވާ "ކޮޅުމަޑުލު ޓްރެއިނިންގ ސެންޓަރ" އަށް  ކްލާސް ރޫމެއް އިތުރުކުރުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ (IUL)239-IED/239/2017/14  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ޓްރެއިނިންގ ސެންޓަރުގެ ކްލާސް ރޫމެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

     ވީމާ، މިއިމާރާތް އެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް

          އަންދާސީ ހިސާބު ހުށަހެޅުމަށް

8 މާރިޗް 2017ވާ ބުދަ ދުވަހު 11.00 އަށް

12 މާރިޗް 2017ވާ އާދީއްތަ ދުވަހު 11.00 އަށް

 

 އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ : 7796985 ގުޅުއްވައިގެން މައުލޫމާތު ފާސުކުރެއްވުން އެދެމެވެ.

06 ޖުމާދުލްއާޚިރާ 1438ހ

05 މާރިޗް 2017މ

05 މާރިޗު 2017
ހޯދާ