މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިސްޕްލާންޓެއް ޤާއިމުކޮށް ތަރައްޤީކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން

  އައިސްޕްލާންޓެއް ޤާއިމުކޮށް ތަރައްޤީކުރުމަށް  ބިމެއް ކުއްޔަށް ދޫކުރުން

މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން މިސަރަޙައްދުންމަސްވެރިންނަށް  ފަސޭހައިން އައިސް ލިބޭނެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ޝައުޤްވރިވާ ފަރާތްތަކަށް ، އެޚިދުމަތް ފުޅާދާއިރާގައި ކުރުމަށް ޝައުޤްވެރިވާ ފަރާތްތަކަށް ތުލުސްދޫގެ ބަނދަރާއި ކައިރިން ތުލުސްދޫގެ ބިމުން 9707.46 އަކަފޫޓްގެ ބިމެއް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް 15 މާރިޗް 2017 ގެ  13:00ގެ ނިޔަލަށް ބީލަމަށް ލައިފީމެވެ. ބީލަންފެށޭއަގަކީ 4853.73 ރުފިޔާއެވެ.

އަދި ބީލަމާއި ބެހޭ މަޢުލޫމާތު ދިނުން 2017  މާރިޗް 8 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެއެވެ.     

ވީމާ މިބިންކުއްޔަށް ނަންގަވަން  ބޭނުންފުޅުވާ ފަރާތްތަކުން މަސްދުވަހުގެރޭޓުން ހުށަހަޅުއްވާ ކުލި ބަޔާންކޮށް  ބިޑް ފޯމް ހުށަހެޅުއްވުންއެދެމެވެ. ސިޓީއުރައިގެ ބޭރުގައި"   އައިސްޕްލާންޓް ޤާއިމުކޮށްތަރައްޤީ ކުރާބިން ކުއްޔަށް ހިފުމަށް " މިހެންލިޔުއްވަންވާނެއެވެ. ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވާ ސިޓީއުރަތައް ކެނޑުންއޮންނާނީ ސިޓީހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި2017 މާރިޗް 15 ވާބުދަ ދުވަހުގެ 13:00ގައި މިއިދާރާގެ ޖަލްސާކުރާމާލަމުގައެވެ. ބިން ކުއްޔަށް ހިފަންބޭނުންފުޅުވާ ފަރާތަށް  ޙާޟިރު ނުލެއްވޭނަމަ އެފަރާތުގެ ލިޔުމަކާއިއެކު ބަދަލުގައި މީހަކު ފޮނުއްވިދާނެއެވެ.

ބިން ކުއްޔަށް ދޫކުރެވޭނީ ބިޑް ހުށަހަޅާފަރާތްތަކުގެ ތެރެއިން  އެންމެބޮޑު ކުއްޔެއް  އަދި އެންމެ ރަގަޅުހުށަހެޅުމެއް ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތަކަށެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6640183 ނަމްބަރ ފޯނާއެވެ.

މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

27 ފެބުރުވަރީ 2017
ހޯދާ