މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަނުގެބައެއް ކުއްޔަށް ދޫކުރުން

ގުދަނުގެބައެއް ކުއްޔަށް ދޫކުރުން

މިރަށުޖެޓީކައިރީގައި ހުރި  ބޮޑުގުދަނުގެ އުތުރުބައި 10 އަހަރު ދުވަހުގެ މުއްދަތަށް  ކުއްޔަށް ދޫކުރުމަށްޓަކައި  2017 މާރިޗް 15  ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 ގެނިޔަލަށް ހުޅުވާލައިފީމެވެ.

މިގުދަން ކުއްޔަށް ހިފުމާއި ބެހޭ މަޢުލޫމާތު ދިނުން 2017  މާރިޗް 9 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ޙާޟިރުނުލައްވާ   ފަރާތްތަކުން ހުށަހަޅުއްވާ  ބިޑް ބަލައިނުގަނެވޭނެއެވެ.     

ވީމާ ގުދަން ކުއްޔަށް ނަންގަވަން  ބޭނުންފުޅުވާ ފަރާތްތަކުން މަސްދުވަހުގެރޭޓުން ހުށަހަޅުއްވާ ކުލި ބަޔާންކޮށް  ބިޑް ފޯމް ހުށަހެޅުއްވުންއެދެމެވެ. ސިޓީއުރައިގެ ބޭރުގައި"  ބޮޑުގުދަނުގެ އުތުރުބައި ކުއްޔަށް ހިފުމަށް " މިހެންލިޔުއްވަންވާނެއެވެ. ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވާ ސިޓީއުރަތައް ކެނޑުންއޮންނާނީ ސިޓީހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި2017 މާރިޗް 15 ވާ ބުދަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާމާލަމުގައެވެ. ގުދަން ކުއްޔަށް ހިފަންބޭނުންފުޅުވާ ފަރާތަށް  ޙާޟިރު ނުލެއްވޭނަމަ އެފަރާތުގެ ލިޔުމަކާއިއެކު ބަދަލުގައި މީހަކު ފޮނުއްވިދާނެއެވެ.

ގުދަން ކުއްޔަށް ދޫކުރެވޭނީ ބިޑް ހުށަހަޅާފަރާތްތަކުގެ ތެރެއިން  އެންމެބޮޑު ކުއްޔެއް  އަދި އެންމެ ރަގަޅުހުށަހެޅުމެއް ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތަކަށެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6640183 ނަމްބަރ ފޯނާއެވެ.

ގުދަނުގެބިމުގެ އޭރިޔާއަކީ 10000 ( ދިހަހާސް ) އަކަފޫޓެވެ.

ހުށަހެޅޭނެ އެންމެކުޑަ އަގު  5000.00ރ (ފަސްހާސް ރުފިޔާ)

މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

27 ފެބުރުވަރީ 2017
ހޯދާ