މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލުއުތުރުބުރީ އުނގޫފާރު ކައުންސިލަށް އައު 2 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ގަތުމަށް

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

             އުނގޫފާރު، ދިވެހިރާއްޖެ                ނަންބަރު: (IUL)303/303/2017/2                  

 

އިޢުލާން

 

މިކައުންސިލައް އައު 2 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެއެވެ.

            މިކައުންސިލަށް 2 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެއެވެ. ޕިކަޕް ގެނެސް ދިނުމަށް ބޭނުންންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 23 ފެބުރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 10:30ގައި މިއިދާރާގައެވެ. ޕިކަޕް ގެނެސް ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 28 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. އަދި މައުލޫމާތު ސާފްކުރެއްވުމަށް ބޭނުންވާ އެއްވެސް ފަރާތަކުން މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަނެވޭގޮތް ނުވާނަމަ ބަދަލުގައި މީހަކު ފޮނުވިކަން އެގޭނެ ސިޓީ އަކާއި އައިޑީކާޑްގެ ކޮޕީ އަދި ކުންފުންޏަކުން ފޮނުވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލް ކުރުމަށްކަން އެގޭނެ ކުންފުނީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްގެ ކޮޕީ ހިފައިގެން ދުރުވުމަށް ދަންނަވަމެވެ. މައުލޫމާތު ސާފްކުރެއްވުމަށް ވަޑައި ނުގަންނަވާ އެއްވެސް ފަރާތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ 6580118 ނަމްބަރ ފޯނާއެވެ.

 

ތިރީގައި އެވަނީ ޕިކަޕްގެނެސް ދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

ހުށަހަޅާ އަގަށް % 70

ޕިކަޕްގެ އާބާމިނައް % 20

ވޮރެންޓީއަށް % 10

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           19   ޖުމާދަލްޢޫލާ   1438     

        16  ފެބުރުއަރީ    2017  

16 ފެބުރުވަރީ 2017
ހޯދާ