އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް:

މަޤާމުގެ ނަންބަރު:

ބޭނުންވާ ޢަދަދު:

މަޤާމުގެ ގިންތި:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

J-268887

01 (އެކެއް)

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ

ޔުނިޓް / ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް / އއ.އުކުޅަސް ކައުންސިލްގެ އިދާރާ

މުސާރަ:

4465/- ރުފިޔާ

ސަރވިސް އެލަވަންސް:

އިތުރު އިނާޔަތްތައް:

1500/- ރުފިޔާ

 އިތުރުގަޑީގެ ފައިސާ، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީ ފައިސާ ލިބޭނެ އެވެ.

މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ދެވޭނެ އެވެ.

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ ޝަރުތުތައް:  

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

  1. (ހ) ކައުންސިލަށް ލިބޭ ފައިސާ ބަލައިގަނެ ޖަމާކުރުން. (ދުވަހު ފޮތްތައް، ކޮންޕިއުޓަރ ޝީޓްތައް އަޕްޑޭޓްކުރުން)

(ށ) އައިޓަމް ބާކީ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތަތްތަކަށް ފޮނުވުން.

(ނ) ކައުންސިލަށް ލިބޭ މަޝްރޫޢުތަކުގެ ފީ ނުދައްކާ ލިސްޓް ނަގާ ހަވާލުކުރުން.

2. ކުނީ ޚިދުމަތަށް އެދޭ ފޯމް ބަލައިގަނެ އެގްރީމަންޓްތައްޔާރުކޮށް ހަވާލުކުރުން.

3. ތިޖޫރީ ބާކީ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

4. ކައުންސިލަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.

5. ޕާޗެސް އޯޑާހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ އެތަކެތި ބަލައިގަނެ ސްޓޮކަށް އެރުވުން.

6. މައްސަލަ ރިކޯޑް ބެލެހެއްޓުމާއި ފައިލް ކުރުން.

7. ސްޓޮކް ބެލެހެއްޓުން. (ސްޓޮކުން ތަކެތި ދޫކޮށް ޒިންމާދާރު ކަމާއި އެކު ސްޓޮކް ބެލެހެއްޓުން)

8. ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ އެންމެހާ މަސައްކަތްތައް ކުރުން.

9. މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހާ ކަންކަން ކުރުން.

 

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އއ. އުކުޅަހު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ އެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިން އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ގޭ މަރުކަޒުން ހިންގާ ރާޢްޖޭގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

 

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2017  މާރޗް 2 ވާ ބުރާސްފަތި ދުވަހު މެންދުރު ފަހު 13:00 އެވެ. ފޯމު ހުށަހަޅާނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ އަށެވެ.

 

 

                  

މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނު ކުރުން، 2017 މާރޗް 7 އަންގާރަ ދުވަހުގެ އުކުޅަހު ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

 

 

ޝޯޓްލީސްޓްކުރުން:

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭނެ ޖުމްލަ އިންސައްތަ

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުންގެ އަދަދު   10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 05 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %50  (ފަންސާސް އިންސައްތަ) އަށްވުރެ މަތިވާންވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660536 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

                                  16 ޖުމާދަލް އައްވަލް 1438

                                                                              13 ފެބްރުއަރީ 2017

13 ފެބުރުވަރީ 2017
ހޯދާ