މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވިޔަފާރި ރަޖިސްޓަރީކުރުން

 1. މީރާގައި ވިޔަފާރި ރަޖިސްޓަރީ ކުރަން ޖެހެނީ ކޮން ފަރާތްތަކެއް؟

ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުން މީރާގައި އެފަރާތްތަކުގެ ވިޔަފާރި ރަޖިސްޓަރީ ކުރަން ޖެހެއެވެ. މިގޮތުން ރަޖިސްޓަރީވާންޖެހޭ ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުނި، ވަޒަންވެރިވެފައިނުވާ ކުންފުނި (ދާއިމީ މަރުކަޒު)، ޕާރޓްނަރޝިޕްތައް، ވަކިފަރުދުން އަދި ވިޔަފާރިކުރާ އެހެނިހެން ފަރާތްތައް ހިމެނެއެވެ.

2. ވިޔަފާރި ރަޖިސްޓަރީ ކުރަން ޖެހޭނީ ކޮން އިރަކު؟

ވިޔަފާރި ކުރަން ފަށާތާ މަދުވެގެން 30 ދުވަހުގެ ތެރޭގައި މީރާގައި އެވިޔަފާރިއެއް ރަޖިސްޓަރީ ކުރަންވާނެއެވެ.

3. ވިޔަފާރި ކުރާ ފަރާތްތަކުން ރަޖިސްޓަރީ ކުރަން ހަދަންޖެހެނީ ކިހިނެއް؟

ވިޔަފާރި ކުރާ ފަރާތަކުން މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓަރީ ކުރުމަށް ހުށަހަޅަން ޖެހޭނީ (MIRA101) ފޯމެވެ.

މީރާގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން އިތުރު ވިޔަފާރި ހަރަކާތެއް ފަށައިފި ކަމުގައިވާނަމަ އެ ވިޔަފާރި ހަރަކާތެއް ރަޖިސްޓަރީ ކުރަން ޖެހޭނީވެސް (MIRA101) ފޯމު ހުށަހަޅައިގެންނެވެ.

4. ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޓެކްސް ދައްކަން ޖެހޭނީ ކޮން ފަރާތްތަކެއް؟

   ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެހައި ފަރާތްތަކުން، އެފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ -/500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ އިތުރުވާނަމަ، އިތުރުވާ އަދަދަކުން ޓެކްސް ދައްކަންޖެހޭނެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ކުންފުނިތަކާއި، ޕާޓްނާރޝިޕްތަކާއި، ކޯޕަރޭޓިވްސްތަކާއި، އަމިއްލަ ފަރުދުން އަދި މިނޫންވެސް ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ އެންމެހައި ފަރާތްތައް ހިމެނެއެވެ.

5. ބީ.ޕީ.ޓީގެ ގޮތުގައި ދައްކަން ޖެހޭނީ ކިހާވަރެއް؟

ބީ.ޕީ.ޓީގެ ގޮތުގައި ދައްކަން ޖެހޭނީ އަހަރަކަށް އެފަރާތަށް ލިބޭ ޓެކްސް ބިނާ ކުރެވޭ ފައިދާ -/500,000  (ފަސްލައްކަ) ރުފިޔާއަށްވުރެ އިތުރުވާނަމަ އިތުރުވާ އަދަދެއްގެ އެވެ.   


މިލިޔުމުގައި ހިމެނިފައިވާ މަޢުލޫމާތަކީ، މި މަޢުލޫމާތު ޝާއިޢުކުރެވުނު ވަގުތުގައި ޞައްޙަ މަޢުލޫމާތެކެވެ. އަދި މި މަޢުލޫމާތަކީ ދިވެހިރާއްޖޭގެ ޓެކުހާއި ގުޅޭ ތަފުސީލު ރިސާރޗަކާ އެއްފަދަ ނުވަތަ ދިވެހިރާއްޖޭގެ ޓެކުހާ ބެހޭގޮތުން ދެވޭ ފަންނީ ލަފަޔަކާ އެއްފަދަ މަޢުލޫމާތެއް ނޫނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ހޮޓްލައިން: 1415، ފޯން:   2261  332 ، ފެކްސް: 6577 331

އީމެއިލް: [email protected]، ވެބްސައިޓް: www.mira.gov.mv

18 އޭޕްރިލް 2013
ހޯދާ